ރޯދަ ނުހިފޭވަރަށް ބަލި މީހެއްގެ ރޯދައާއިމެދު ހަދާނެ ގޮތާއި، ދީނީ އިތުރު 3 ސުވާލާއި ޖަވާބު!

ރަމަޟާންމަހުގެ ޘަވާބާއި ދަރުމަ ލިބިގަތުމަށް ބޭނުން ނުވާނެ އެއްވެސް ފުރިހަމަ މުސްލިމަކު ނުހުންނާނެއެވެ. ރަމަޟާން މަހުގެ ރޯދަތައް ގަވައިދުން ބަރާބަރަށް ހިފުމަށް ކޮންމެ މުސްލިމަކު ވެސް ގަދައަޅާ މަސައްކަތް ކުރާނެއެވެ.
ނަމަވެސް ބައެއް މީހުންނަށް ޖެހިފައިވާ ބަލިމަޑުކަމެއްގެ ސަބަބުން، ނުވަތަ އުމުރުން މާބޮޑަށް ދުވަސްވެ، ބަލިކަށިވުމުގެ ސަބަބުން ވެސް ރޯދަ ހިފުމަށް ދަތިވެއެވެ. 
އެފަދަ މީހުންނަށް ގެއްލޭ ރޯދަތަކާއިމެދު ކަންތައް ކުރާނެ ގޮތަކާއިމެދު މަޝްހޫރު ދީނީ ޢިލްވެރިޔާ ޑރ. މުޙައްމަދު ޢިޔާޛް އަބްދުއްލަތީފް އަރިހުން މީހަކު ސުވާލު ކޮށްފައިވަނީ:
"ބަލިމީހަކަށް މިދިޔަ އަހަރު ނުހިފި ހުރި ރޯދަތަކަށް ހަދަން ޖެހޭނީ ކިހިނެއްތޯ؟ ބަލި ހާލަތު ހުރި ގޮތުން އެމީހާއަށް މިއަހަރު ވެސް ރޯދަ ހިފެން ނެތީމަ، ދެން ހަދާނީ ކިހިނެއްތޯ؟"
ޖަވާބުގައި ޑރ. ޢިޔާޛް ވިދާޅުވެފައިވަނީ:
"ފަސޭހަވާނެ ކަމުގެ އުންމީދު އޮތް ބައްޔެއްނަމަ، ގަދަ ވީނަ ހިފާނީ. އުންމީދު ނެތް ބައްޔެއްނަމަ ކޮންމެ މިސްކީނަކަށް ކާން ދޭނީ." މިފަދައިންނެވެ.
ޑރ. އިޔާޛް ޖަވާބު ދެއްވާފައިވާ އިތުރު 3 ސުވާލު:
ސ. އިމާމްވެ ނަމާދު ކުރާނެ ގޮތް ތަފްސީލުކޮށް ކިޔައިދެވިދާނެތޯ؟
ޖ. ފިރިހެނު އިމާމްވެ ހުރެ ނަމާދު ކުރާނަމަ ހުންނަންވާނީ މައުމޫނުންނަށް ވުރެ ކުރިއަށް ޖެހިފައެވެ. ނަމަވެސް އަންހެނުނުންނާއެކު (އަންހެނުންގެ ޖަމާއަތުގައި އިމާމްވެ ނަމާދުކުރާ އަންހެނާ) ހުންނާނީ މައުމޫނުންނާއި އެއްވަރަށް ސަފުގެ މެދުގައެވެ.
ސ. ތަރާވީސް ނަމާދު އެކަނި ކުރާނެ ގޮތް ބުނެ ދެއްވާ. ތަރަަވީސް ކުރާއިރު ކުރު ސޫރަތް ބޭނުން ކުރެވިދާނެތޯ؟
ޖ. ދެ ރަކުއަތުން ދެ ރަކުއަތުން ކުރަމުން ގެންގޮސް ނިންމާލަންވީމަ ވިޠުރި ކިޔަަނީއެވެ. ސޫރަތުލް ފާތިހާއަށްފަހު ބޭނުން ސޫރަތެއް ކިޔެވިދާނެއެވެ. 
ސ. ދަރިފުޅު ނިންދަވަން އޮއްވާ ޙަތިމްގެ ސޫރަތްތައް ކިޔެވޭނެތޯ ފޯނުން ބަލަމުން؟ 
ޖ. ލައްބަ. ކިޔެވިދާނެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ