ރިޔާސީ އިންތިޙާބު ގާސިމް އިބްރާހިމް އަށް ނާކާމިޔާބު ވުމުގެ ހުރިހާ ޒިންމާއެއް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި މިހާރު ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ނަންނަގަވަން ޖެހޭނެ ކަމަށް ވީޓީވީގެ ޕޮލިޓިކަލް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ ނާޒިމް އާއި ރިޔާޒް އާއި ސިފައިންނާއި ފުލުހުންގެ އިތުރު އިސް އޮފިސަރުން ތަކެއް ގާސިމް އާއި ބައްދަލުކުރެއްވި ކަމަށެވެ.
އަދި ޑރ.ހަސަން ސައީދު ގާސިމްގެ ރަނިންގްމޭޓަކަށް ހައްދަވައިފިނަމަ ސަލާމަތީ ބާރުތަކުގެ އެންމެންގެ ވޯޓް ގާސިމް އަށް ލިބިވަޑައިގަންނަވާނެ ކަމަށް އެބޭފުޅުން ލަފާ ދެއްވި ކަމަށެވެ.
"ރޯދަ މަހު ޕެރަޑައިސްގައި ބޭއްވި ރޯދަ ވީއްލުމެއްގައި އަޅުގަނޑުވެސް ދިޔައިން ޕެރަޑައިސް އަށް. އަޅުގަނޑު ދިޔައީ އެތަނުގައި ތިބެވި ބޭފުޅުން ފެނިފައި ސިހިގެން. އަބްދުﷲ ރިޔާޒް އާއި ނާޒިމް އާއި ސިފައިންނާއި ފުލުހުންގެ އެތައް އިސް އޮފިސަރުންނެއް. ވިދާޅުވީ ހަސަން ސައީދު ރަނިންމޭޓް އަކަށް ނަންގަވައިފި ނަމަ ބައިއަތު ހިތްޕަވާނެ ކަމަށް." އިކްރާމް ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ އެގޮތައް އެބޭފުޅުން ލަފާދެއްވީ ހަސަން ސައީދު އަކީ ރައްޔިތުންގެ ތާއިދު ނެތް ބޭފުޅަކަށް ވާތީ ގާސިމް ބަލިކޮށްލަން ކަމަށެވެ.
"މިއީ ހިތާމަވެރިކަމެއް. ހިތާމަވެރި މަންޒަރެއް، އޭރު ވެސް ޕީޕީއެމް މެންބަރުން ގޮތުގައި ތިބެ ދެއްވި ލަފާގެ ސަބަބުން އިންތިޙާބުގައި ނާކާމިޔާބުވީ. މިހާރު މާހެޔޮ ބޭފުޅުންނަށް ވެގެން އެއުޅުއްވަނީ" އިކްރާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭރު ގާސިމް އަށް ވޯޓް ހޯއްދަވަން ކޮމާންޑް ސެންޓަރެއް ހައްދަވައިގެން އުޅުއްވީ މިހާރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކަމަށާއި ނަމަވެސް ވޯޓްލީ ދުވަހު ކޮމާންޑް ސެންޓަރު ހުރީ ބަންދުކޮށްފައި ކަމަށެވެ.
"ވޯޓްލީ ދުވަހު ވޯޓްލާން މީހުން ނެރެންވީމަ ކޮމާންޑް ސެންޓަރު ބަންދު ކޮށްފި. ކީއްވެގެންތޯ؟ 50،000 ރުފިޔާ އެއް ނުލިބިގެން" އިކްރާމް ވިދާޅުވި އެވެ.
ގާސިމް އަށް ރިޔާސީ އިންތިޙާބު ނާކާމިޔާބުވުމުގެ ޒިންމާ ނާޒިމް އާއި ރިޔާޒް ނަންގަވަންޖެހޭނެ – އިކްރާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ