މައުމޫން ހަމީދަށް ތާއީދުކުރެއްވުމަށް މައުމޫން އެދިވަޑައިގެންފި

ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ގާނޫނީ ވަކީލު މައުމޫން ހަމީދަށް ތައީދުކޮށް ވޯޓު ދެއްވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގަވައިފި އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ޕީޖީ ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން މައުމޫން ހަމީދަށް ވޯޓު ދެއްވުމަކީ ރައީސް އަބްދުﷲ ޔަމީން އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ޕީޖީ ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅު ވަނީ މައުމޫން ހަމީދު ކަމަށް، ޕީޕީއެމްގެ އާންމު ރެލީއެއްގައި ވިދާޅުވެފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ..
އެހެންކަމުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ އެންމެހައި މެމްބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި، ތާއީދު ދެއްވުމަށާއި އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ތިޔަ ހުރިހާ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ޕީޖީ ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އެމަނިކުފާނަށާއި މައުމޫނަށް ވެސް ބޮޑު ބޭބެ ވިދާޅުވާ މައުމޫން ހަމީދުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް މުހުސިންގެ ނަމެވެ. ނަމަވެސް ކޮމެޓީން ނިންމީ އެ ދެ ބޭފުޅުންނަށް ވެސް ރުހުން ނުދިނުމަށެވެ. އެއީ އެ ބޭފުޅުންގެ ނަން ކޮމެޓީން ފާސްވާ މިންވަރަށް މާކްސް ލިބިވަޑައިގެންފައި ނުވުމުންނެވެ.
ކޮމިޓީން ރުހުން ނުލިބުނަސް، މަޖިލީހުގެ ތަޅުމުން ފާސްކުރާ ބޭފުޅަކު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވޭނެ އެވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ