ޕީޕީއެމްގެ ދީނީ ހަރަކާތްތަކާ ބެހޭ ކޮމެޓީގެ ރައީސްކަމަށް ޑރ. އަހުމަދު ޒިޔާދު ހަމަޖައްސައިފި
ޕީޕީއެމްގެ ދީނީ ހަރަކާތްތަކާ ބެހޭ ކޮމެޓީގެ ރައީސްކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ހަމަޖައްސައިފިއެވެ. ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް ވިދާޅުވީ އެ ޕާޓީން ހިންގާ ދީނީ ހަރަކާތްތަކުގެ ކަންކަމާ ބެހޭ ރައީސްއަކަށް މިނިސްޓަރ ޒިޔާދު ހަމަޖައްސަން ނިންމާފައި ވަނީ މިދިޔަ ހަފްތާ އަންގާރަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ ޕީޕީއެމްގެ ދީނީ ހަރަކާތްތަކާ ބެހޭ ރައީސްއަކަށް އިސްލާމިކު މިނިސްޓަރ ޒިޔާދު ހަމަޖައްސަވާފައިވާއިރު، ޒިޔާދަކީ ޕީޕީއެމްގެ ހަރަކާތްތަކުގަައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. ދީނީ ކަންތައްތަކުގެ އިތުރުން ޕީޕީއެމްއަކީ އެކި ކަންކަމުގައި ދިވެހި ރައްޔިތުން ހޭލުންތެރިކަން އިތުރުކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ