ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރަން މަސައްކަތެއް ނުކުރޭ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމްއިން ވަކިކުރުމަށް، މަސައްކަތް ކުރަމުންދާ ކަމަށްބުނެ ބައެއް މީޑިޔާތަކުން ފަތުރަމުންދާ ހަބަރު، ޕީޕީއެމްގެ ޕީޖީ ގްރޫޕާއި ކައުންސިލް މެމްބަރުން ދޮގުކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، "އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވާނީ، އެފަދަ މަސައްކަތަކެއް ނުކުރާ" ކަމަށެވެ.
އަބްރުރަހީމް ވިދާޅުވީ ޕީޕީއެމް ހިނގަމުން ދަނީ ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފަށް ކަމަށާއި ޕީޕީއެމް އަކީ ވަކި ބޭފުޅެއްގެ އެއްޗެއް ނޫން ކަމަށެވެ. އަދި ޕާޓީގެ މަސްލަހަތާއި ޤައުމުގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި ނޫޅެން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މަގާމުން ބޭރު ކުރުމުގެ އަދި ޕާޓީ އިން ބޭރު ކުރުމުގެ ވިސްނުމެއް ވެސް. އަޅުގަނޑުމެން އެމަނިކުފާނަށް މި ދަންނަވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން މަސައްކަތް ކުރައްވާށޭ." މިވާހަކައަށް ބާރުދެއްވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ