ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް ޕީޕީއެމްގެ އެކްޓިވިސްޓް އަހުމަދު އިބްރާހިމް (ޕޮކްމަން) އައްޔަނުކޮށްފި އެވެ.
ދިޔަރެސް ނޫހުގެ ކޯ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު އިބްރާހިމް އަކީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ.
އޭނާ އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީވެސް ޝަރުއީ ދާއިރާއަށެވެ. އެގޮތުން 10 އަހަރު ވަންދެން ކޯޓު އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގެ، ކޯޓު އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް، ނޮވެމްބަރު 2021 ގައި އޭނާ ވަޒީފާއިން ވަކިކުރީ އޭރުގެ ސަރުކާރާ ދެކޮޅަށް ޓްވީޓު ކުރަމުން ގެންދިޔަ ކަމަށް ބުނެ އެވެ.
އާބަންކޯގެ ސީއޯއޯ އަކަށް ދިޔަރެސް ނޫހުގެ ކޯ ފައުންޑަރު އަހުމަދު އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ