ކަރަންޓް ބިލު ކުޑަކުރެވޭނީ ސޯލަރ އިން ކަރަންޓް ބޭނުން ކުރަން ފެށިގެން: ހުސައިން ފަހުމީ

ކަރަންޓް ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނެސް ކުޑަކުރެވޭނީ ސޯލަރ ބޭނުންކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރު ކުރެވިގެން ކަމުގައި ސްޓެލްކޯގެ މެނޭޖިނގް ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.  
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ކަރަންޓްގެ ހަރަދު ކުޑަކުރުމަށްޓަކައި ނިއު އެން ރިނިއުއެބަލް ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަން ޖެހޭ ކަމަށެވެ. 
އެގޮތުން މި މަސައްކަތް މާލެ ސަރަހައްދގައި ކުރެވެން އޮތީ، ކަނޑުގައި ސޯލަރ ހަރުކޮށްގެން ކަމުގައި ވިދާޅުވެ ފަހުމީ ވަނީ އެއީ ބޮޑު ހޭދައެއް ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ.  
Advertisement
" އަދި މިހާތަނަކަށް މިހާ ގަދަ ކަނޑެއްގައި ސޯލަރ ޖަހައިގެން ޓެސްޓް ކުރެވިފައެއްވެސް ނެތް ދުނިޔޭގައި " 
ހުސައިން ފަހުމީ 
މީގެ އިތުރުން ފަހުމީ ވިދާޅުވީ އިތުރަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ސްޓެލްކޯގެ ބެލުމުގެ ދަށުން ކަރަންޓް ޚިދުމަތް ދެމުން އަންނަ ރާއްޖޭގެ ހަތަރު އަތޮޅެއްގައި އެ މަސައްކަތް ކުރިއަށް ގެންދެވިދާނެކަމަށެވެ. 
 އޭގެ ދަށުން ދުވާލަކު މަދުވެގެން 12 ގަޑި އިރު ސޯލަރ އިން އުފައްދާ ކަރަންޓް ބޭނުންކުރެވޭނެ ގޮތަށް އެ ނިޒާމު ގާއިމް ކުރުމުގެ ވިސްނުން ހުރި ކަމުގައި ފަހުމީ ވަނީ ވިދާޅުވެފައެވެ.  
އަދި މީގެ ކުރިން ސޯލަރ ހަކަތަ ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ރާއްޖެއަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ގެންނަކަން ފާހަގަ ކުރައްވައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ވިސްނުން ހުރީ ދިވެހިންނަށްވެސް ބައިވެރިވެވޭގޮތަށް އެ މަސައްކަތް ޓެންޑަރ އަށް ހުޅުވާލުމަށް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ