ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް ފަހުން ހަބަރެއް ވެފައި ނުވާތީ ހޯދި ޒުވާނާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ އުމުރުން 35 އަހަރުގެ ދިވެއްސެކެވެ. އޭނާ ކެނޯގައި ނިކުތީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަަށް ވެސް ބުންޏެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ކުރަމުންދާ ކަމަށް ބުނުމަށް ފަހު ފުލުހުން ބުނީ އޭނާ ދުވާފަރަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޒުވާނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ގދ. ގައްދޫން އިން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެއްސަކު ވެެސް ވަނީ ގެއްލިފަ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިިރިހެނެއްގެ ހަބަރެއް ވެފައިނުވާ ކަމަށް މިއަދު ހަވީރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށާ ކަނޑުމަގުގެ އިތުރުން ގަމާއި ކައިރި ފަޅު ރަށްތައްވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދި ޒުވާނާ ރައްކާތެރިކަމާއެކު ދުވާފަރަށް ބަނދަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ