ޖޫން 30 ވަނަ ދުވަހު މާލޭގެ ގެއެއްގެ ތެރޭގައި އޮއްވާ ފެނުނީ ކަރަން ކޭބަލް ވަގަން ނަގަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން ނިޔާވި މީހެއް ކަމަށް ބެލޭވެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ އެމީހާއަކީ އެގެއަށް ކަރަންޓު ކޭބަލް ވަގަށް ނެގުމަށް ވަދެ އުޅުނު މީހެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެންކަމަށް ފުލުހުންގެ ތަހުގީގަށް ބެލެވޭ ކަމަށެވެ.
ނިޔާވި މީހާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި އޭނާ ބިންމައްޗަށް ވެއްޓިފައި އޮތް ތަނުން ވައްކަން ކުރަން ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ޖޫން 30 ވަނަ ދުވަހު ފުލުހުން ވިދާޅުވެފައިވަނީ ހެންވޭރުގެ ގެއެއްގައި ޚަބަރުހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު އެދުވަހުގެ މެންދުރު 1:20 ހާއިރު ލިބިފައިވާ ކަމަށާއި އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އެއީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު މައުލުމާތެއް ހާމައެއް ނުކުރައްވައެވެ.
މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ
''މާލޭ ގެއެއް ތެރެއިން ނިޔާވެފައި އޮއްވާ ފެނުނީ ކަރަންޓް ކޭބަލް ވަގަށް ނަގަން އުޅުނު މީހެއް''
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ