މުލަކު ހޭޅިފަށުގައި ފޮރުވާފައި ހުރި ބަނގުރާފުޅިތަކެއް ހޯދައިފި

މުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރާ ދިމާ ހޭޅިފަށް ބަލާފާސްކުރިއިރު ފޮށިގަނޑެއްގައި ފޮރުވާފައިހުރި 19 ފުޅި ބަނގުރާ ހޯދާފައިވެ އެވެ.
މ. މުލަކު ހޭޅިފަށުގައި ފޮރުވާފައި ހުރި ބަނގުރާފުޅިތަކެއް ހޯދައިފި އެވެ.
ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި މުލަކަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރާ ދިމާ ހޭޅިފަށް ބަލާފާސްކުރިއިރު ފޮށިގަނޑެއްގައި ފޮރުވާފައިހުރި 19 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ބުންޏެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ