ތައުބާވުމުންވެސް ހިތްހަމަޖެހުމެއް ނުލިބޭނަމަ ދެން ޢަމަލުކުރަންވީ ކިހިނަކުންތޯ؟

އަޅުގަނޑަށް ކުރެވުނީ އެންމެ ފާފައެކެވެ. ނަމަވެސް އެތައް ފަހަރަކު ކުރެވުނެވެ. އެކަން ވިސްނި ތައުބާ ވެއްޖައީމެވެ. ތައުބާވުމުންވެސް ޢިލްމުވެރިން އެވިދާޅުވާ ފަދަ ހިތްހަޖެހުމެއް އަދިވެސް ނުލިބެއެވެ؟ ދެން ކަންތައްކުރަން އޮތީ ކޮންގޮތެއްތޯ؟ 
ތިރީގައި އެވަނީ ކިޔުންތެރިޔާގެ ތިއަ ސުވާލުފަދަ ސުވާލަކާއިއެއިގެ ޖަވާބެވެ. ވިދާޅުވެލައްވާށެވެ! ހިތްހަމަޖެހުން ލިބިލައްވާނެއެވެ. އިން ޝާ ﷲ 
އަޅުގަނޑަކީ ކުރިން ވަރަށް ގިނައިން ސުންނަތްކޮށް އަދި ފަރުޟުނަމާދުތައްވެސް ކުރަމުން އައިމީހަކީމެވެ. އަޅުގަނޑަށް ތަނަވަސްކަން ލިބުމުން އަޅުގަނޑުގެ ހިތަށް ބޮޑާކަން ވަނެވެ. މާތް ﷲ ގެ މަތން ހަނދާން ނެތުނެވެ. ނަމާދުކުރުމާއި އަޅުކަންކުރުން ހުއްޓައިލެވުނެވެ. 
އެގޮތުގައި 10، 15 އަހަރު ފާއިތުވިފަހުން އަޅުގަނޑަށް މިއުޅެވެނީ ރަނގަޅަށް ނޫންކަން އިޙްޞާޞްވިއެވެ. އެހިސާބުން ތައުބާވީމެވެ. ނަމާދުކޮށް ހެޔޮ ޢަމަލުތައްކުރަން ފެށީމެވެ. ނަމަވެސް އަޅުކަންކުރުމުން ކުރިން ލިބުނުވަރަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. 
އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވަނީތޯއެވެ؟ ޤަބޫލުފުޅު ކުރައްވަވާނީ ކޮން ގޮތަކަށް ތައުބާވުމުންތޯއެވެ؟ 
ޖަވާބު: 
ފުރަތަމަވެސް ޝުކުރުވެރިވެ އުފާކުރަންވީ ތައުބާވުމުގެ ވިސްނުން ދެއްވެވިކަމަށްޓަކައެވެ. 
ހިތްހަމަޖެހުން ނުލިބިގެން ތިއައުޅެނީ ﷲ ތަޢާލާއަށް އިތުބާރުކުރެވޭމިންވަރުކުޑަކަމުންނެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ތައުބާ ޤަބޫލުފުޅުކުރައްވަވާނެކަމުގެ ޔަޤީންކަން އެތައް އާޔަތެއްގައި ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. 
ތައުބާވިނަމަވެސް ހިތްހަމަޖެހުން ނުލިބެނީ ޝައްކުކުރެވޭތީއެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވުމަށްފަހު ޝައްކުކުރުމެއް ނެތެވެ. އޮތީ ޔަޤީންކަންމަތީގައި ހުރުމެވެ. 
"ތައުބާވެ އީމާން ވެ ޞާލިޙް ޢަމަލް ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ." (ޠާހާ: 82) 
ދެން މިއާޔަތަށް ބަލާށެވެ! ފާފަ ފުއްސެވުން އެދިގެން ކުރަންވީ ކަންތައް އެއޮތީ ފެންނާށެވެ! 
"ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު ޙަމްދާއެކު ތަސްބީޙް ވިދާޅުވާށެވެ." (އަލްޣާފިރް: 55) 
ﷲ ތަޢާލާ އަހަރެމެންނަށ ކަށަވަރުކަން ދެއްވެވުމުން ދެން ޝައްކުކުރަން އޮތީ ކޮން ޖާގައެއް ހެއްޔެވެ؟ ޖެހޭނީ އެންމެ ފުރިހަމަ ގޮތުގައި ޔަޤީންކުރަން ނޫން ހެއްޔެވެ؟ 
ޤުދްސިއްޔަ ޙަދީޘްފުޅެއްގައިވެއެވެ. 
On the authority of Anas (may Allah be pleased with him), who said: 
I heard the Messenger of Allah (ﷺ) say: Allah the Almighty said: O son of Adam, so long as you call upon Me and ask of Me, I shall forgive you for what you have done, and I shall not mind. O son of Adam, were your sins to reach the clouds of the sky and were you then to ask forgiveness of Me, I would forgive you. O son of Adam, were you to come to Me with sins nearly as great as the earth and were you then to face Me, ascribing no partner to Me, I would bring you forgiveness nearly as great as it. 
It was related by at-Tirmidhi (also by Ahmad ibn Hanbal). Its chain of authorities is sound. 
މިޙަދީޘްފުޅުން އެނގިގެން މިދަނީ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފުއްސަވައިދެއްވަވާނެކަމެވެ. ފާފަތައް ބޮޑެތިވެފައި ޢަދަދު ގިނަވުމަކީ ކަންބޮޑުވެވޮޑިގަންނަވާ ކަމެއް ނޫން ކަމެވެ. ޝަރީޚު ކުރުމުން ސަލާމަތްވެހުރެ އެކަލާނގެ ޙަޟްރަތަށް ދިއަ މީހަކަށް (ކުރެވުނު ފާފަތަކަށް ތައުބާވެގެންހުރެ) ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެވެ. 
މި 4 އާޔަތުގައިވެސް އެވަނީ ތައުބާވުމަށްފަހު ނުވަތަ ތައުބާވާން ބޭނުންވުމުން ކުރަންވީ ދުޢާއެވެ. 
1 قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ 
"އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއަޢްރާފް: 23)  
2-- رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ 
" އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އައްތަޙްރީމް: 8) 
3 سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ 
"ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ ޙަޟްރަތަށެވެ. (އަލްބަޤަރާ: 285) 
4  لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ 
"އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠޯހިރު ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ." (އަލްއަންބިޔާ: 87)
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ