ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ދައްކާ ޓެކުހުގެ %10 ކައުންސިލްތަކަށް ދިނުމާގުޅޭ މަޝްވަރާތައް ފަށައިފި

ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކުހުގެ %10 ކައުންސިލްތަކަށް ލިބޭގޮތަށް ޤާނުނަށް ބަދަލު ގެނައުމަށް މަޝްވާރާ ކުރައްވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްކަތްތާ ބެހެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރިއަށްގެންދާ "ފަނޯއްލަ ދަރުބާރު"ގެ އުތުރުގެ އަތޮޅުތަކަށް ޚާއްސަ ދަރުބާރު ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ ސަރުކާރަށް މިވީ 5 މަސްދުވަހުގެތެރޭގައި ރައީސުލްޖުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 170 ކައުންސިލާ ބައްދަލުކުރައްވާފައިވާއިރު ކައުސިލްތަކުން އެދެމުންދިޔަ ކަންކަން ކުރުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރެވެމުންދާކަމަށެވެ.
"ފަޅުރަށްތައް ކައުންސިލްތަކުން ހޯދުމަށް ޕްރޮޕޯސަލް ހުށައަޅާމުންދާވަރަކުން ރަށްތަށް ދޫކުރުން އެބަ ކުރިއަށްދޭ. ދެން ފަތުރުވެރިކަމުން ރަށްރަށުން ލިބޭ ޓެކުހުގެ އާމްދަނީން %10 ކައުންސިލްތަކަށް ދިނުމާއި ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން. މިއީ ސަރުކާރުން ކައުންސިލްތަކުގެ ކުރިއެރުމަށް އިސްކަންދޭކަން ފެންނަ ކަމެއް" ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ