އާ މަޖިލިސް ހުވާ ކުރުން މޭ މަހުގެ 28 ގައި

ރައްޔިތުންގެ މަޖިލީހުގެ މިހާރު އޮތް ދައުރު މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެންބަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު ކަމަށް ނިންމައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށި އިރު ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އަލަށް އިންތިހާބު ކުރި 93 މެންބަރުން ތިއްބަވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުން 28 މޭގައި ބާއްވާނެ ކަމަށާއި އެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަން ފަށާފައިވާ ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ މިހާރު އޮތް ދައުރު މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު އެވެ.ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގީ މިދިުއަ އާދީއްތަ ދުވަހު އެވެ. އެ އިންތިހާބުގައި ސަރުކާރު ހިންގާ ކޮންގްެރެސް ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި ވެއެވެ. އެ ގޮތުން ކޮންގްރެސްއަށް 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ލިބުނެވެ. ވާދަވެރި އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑި އެވެ. މިނިވަން ގިނަ މެންބަރުންނާއި ގާސިމާއި ސިޔާމަކީ ވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ