އިންޑިއާގެ ބޮޑުވަޒީރަށާ އެގައުމުގެ ވެރިންނަށް މައްލަވަކޮށް ބުލީކޮށްގެން މުސާރައާއި ކޮއްތު ލިބޭގޮތަށް ނަމެއްގައި ސަސްޕެންޑް ކުރި ޝިއުނާގެ މަންމަވެސް ޕޮލިޓިކަލް ޑައިރެކްޓަރ އަކަށް!

އިންޑިއާގެ ބޮޑުވަޒީރަށާ އެގައުމުގެ ވެރިންނަށް މައްލަވަކޮށް ބުލީ ކޮށްގެން މުސާރައާއި ކޮއްތު ލިބޭގޮތަށް ނަމެއްގަ ސަސްޕެންޑް ކުރި ޝިއުނާގެ މަންމަ އައިޝަތު ހަފީޒާއަށްވެސް ޕިލިޓިކަލް ޑައިރެކްޓަރުގެ މަގާމް ދީފިއެވެ.
ސޯޝަލް މީޑިއާގައި އަޚްލާގީ ފެންވަރު ދަށްކޮށް މީހުންނަށް ގަނާ ކުރަމުންދާ ޝިއުނާގެ މަންމައަށް ޕޮލިޓިކަލް ޑައިޓަރުގެ މަގާމް ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްއިންނެވެ.
މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބު ނިމުމާއެކު ސްޓޭޓް މިނިސްޓަރުކަމަށާއި ޑެޕިއުޓީ މިނިސްޓަރުކަމަށާއި އަދި ޕޮލިޓީކަލް ޑައިރެކްޓަރުގެ މަގާމަށް ގިނަ ބަޔަކު އައްޔަން ކުރަމުންނެވެ. އެގޮތުން ޝިއުނާގެ މަންމަގެ މަގާމްވެސް ހަމަޖެއްސިކަން އޮތީ މަޖިލިސް އިންތިޚާބު ނިމެންދެން ސިއްރު ކޮށްފައެވެ.
ސިޔާސީ މަގާމްތައް މަޖިލިސް އިންތިޚާބު ނިމެންދެން ސިއްރު ކޮށްފައި އޮތީ އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެކަމަށް ބަލާފައެވެ.
އިންޑިއާއަށް ބުލީކޮށް އެގަމުގެ ވެރިންނަށް މައްލަވަ ކުރަމުންދާ ޝިއުނާއާއި އޭނާގެ އާއިލާގެ ބައެއް މީހުންނަށް އިންޑިއާއަށް ނޭރޭގޮތަށް ވަނީ ބްލެކް ލިސްޓް ކޮށްފައެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ ”ފޮރިން ޑިވިޝަން“އިން މިހާރުވަނީ, އެގައުމުގެ ސަރުކާރުން ބްލެކް ލިސްޓުކުރާ މީހުންގެ ލިސްޓު ކަމުގައިވާ އެލްއޯސީ, ލުކުއައުޓް ސާކިއުލާރއެއް ނެރެ (look out circular (LOC)) އެ ސާކިއުލާގައި ޝިއުނާގެ އިތުރުން އޭނާގެ މަންމަގެ ނަންވެސް ހިމަނާފައެވެ.
ޝިއުނާގެ މަންމަ އައިޝަތު ހަފީޒާގެ ނަން އެލްއޯސީގައި ހިމެނި ވަކި ސަބަބެއް ސާފު ނުވި ނަމަވެސް, ރައީސް ޔާމިންގެ ދައުރުގައި ކުރެވުނު ”އިންޑިއާ އައުޓް“ ހަރަކާތްތަކުގައި އޭނާވެސް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ބައިވެރި ވެފައެވެ. އަދި އޭނާއަކީވެސް އެކި ފޯރަމްތަކުގައި އިންޑިއާއަށް ނިސްބަތްކޮށް ހަޖޫޖަހާ އިންޑިއާގެ ވެރިންނަށް ބޭއަދަބީކޮށް މުޚާތަބްކޮށް ހަދާ ފަރާތެއްކަމަށް ވަނީ އެނގިފައެވެ.
އިންޑިއާ ސަރުކާރުން އެކުލަވާލާ ”ލުކް އައުޓް ލިސްޓު (އެލްއޯސީ) (އިންޑިއާއަށް އެރުން މަނާ މީހުންގެ ލިސްޓް)އަކީ, އިންޑިއާގެ ގައުމީ ސަލާމަށް ނުރައްކާކުރާނެކަމަަށް އެގައުމުން ދެކޭ މީހުންގެ ލިސްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ