ރާއްޖޭގެ މަހުގެ އެކްސްޕޯޓް ބޮޑުތަނުން އިތުރުވެއްޖެ

މި އަހަރުގެ މިހާތަނަށް ރާއްޖޭން އެކްސްޕޯޓް ކުރި ރޯމަހުގެ ނިސްބަތް އިތުރުވިނަމަވެސް ދަޅު މަސް އެކްސްޕޯޓް ކުރި ނިސްބަތް ވަނީ އިތުރުވެފަ އެވެ.
މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން  އެކްސްޕޯޓް ކުރި މަހުގެ މިންވަރު 60 ޕަސެންޓް އިތުރު ވެއްޖެ އެވެ. 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން 19,005.1 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން އެކްސްޕޯޓް ކުރި މަހުގެ ނިސްބަތް ހުރީ 31,300.1 މެޓްރިކް ޓަނުގަ އެވެ. 
މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 28,410.5 މެޓްރިކް ޓަނުގެ ރޯމަސް އެކްސްޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކުރި ރޯމަހުގެ ނިސްބަތް ހުރީ 12,186.6 ޓަނުގަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ދަޅު މަހާއި ޕައުޗުގެ ގޮތުގައި އެކްސްޕޯޓް ކުރި އަގުއެއްކުރި ބާވަތްތަކުގެ އަދަދު އުޅެނީ 2,127.4 ޓަނުގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި ބާވަތުގެ އެކްސްޕޯޓް ހުރީ 2,556.6 ޓަނުގަ އެވެ. އަދި ޕްރޮސެސްކުރި މަހުގެ އެހެން ބާވަތްތަކުގެ މިންވަރު މި އަހަރު 532.9 ޓަނުގައި ހުރިއިރު މިދިޔަ އަހަރު މި އަދަދު ހުރީ 336.2 ޓަނުގަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ