އައްޑޫ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރަށް ލައިފި

އައްޑޫ ސިޓީ ހުޅުމީދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންްޓް ގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ދެރަ ކަމަށާ މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މި އެކްސިޑެންޓްގައި އަނިޔާވީ އެ ރަށު މުހައްމަދު އިލްމު (19އ) އެވެ. އެކްސިޑެންޓް ހިނގީ ސައިކަލު ރޭސް މުބާރާތަކަށް ފަރިތަ ކުރަން އުޅުމުގެ ތެރޭގައި ސައިކަލުގެ ކޮންޓްރޯލް ގެއްލި ފާރެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި ޒުވާނާއަށް ވަރަށް އަނިޔާވި އެވެ.
އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގަ އެވެ.
Advertisement
ހޮސްޕިޓަލުން ބުނީ ޒުވާނާގެ ހާލު ވަރަށް ދެރަ ކަމަށެވެ. އަދި މިހާރު އޮތީ ވެންޓިލޭޓަރު ގައި ކަމަށް ބުންޏެވެ.
އިލްމުގެ އެކުވެރިއަކު ބުނި ގޮތުގައި އޭނާގެ ހާލު ވަރަށް ދެރަވެ އުންމީދު ކަނޑާލާފައިވާކަން އާއިލާއަށް ވަނީ އަންގާފަ އެވެ. އަދި އާއިލާގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު އޭނާއަށް ހެޔޮ ދުއާ ކޮށް ދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ