ރާއްޖޭގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ ތެރެއިން އެކްޓިވް ނޫން ޖަމްޢިއްޔާތައް މިއަހަރުގެ ނިޔަލަށް އުވޭނެކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖަމްޢިއްޔާތަކުގެ ރަޖިސްޓަރ އަލީ ޝަކީލް ވިދާޅުވީ ރާއްޖޭގައި 3000އެއްހާ ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށްފައި އޮތްނަމަވެސް އޭގެ ތެރެއިން އެކްޓިވް ޖަމްޢިއްޔާތަކުގެ ގޮތުގައި އޮތީ ހާހެއްހާ ޖަމްޢިއްޔާކަމަށެވެ.
ޝަކީލް ވިދާޅުވީ ޖަމްޢިއްޔާތަައް އަދާހަމަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ބުރު 55 ޖަމްޢިއްޔާއަކަށް އެކްޓިވް ވުމަށް ފުުރުޞަތުދީފައިވީނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ބުރެއްވެސް ހުޅުވާލާނެކަމަށެވެ. އޭނާ ވިދާޅުވީ އެކްޓިވް ނޫން ޖަމްޢިއްޔާތައް ކަނޑައަޅާ ފުރުޞަތުތައް ދެނީ އެންމެ ކުރިންސުރެ ރަޖިސްޓަރވެފައި އޮންނަ ތަރުތީބުންކަމަށެވެ. އަދި ޤާނޫނޫގައި ވާގޮތުގެ މަތިން ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅާ، އެކްޓިވް ނޫން ޖަމްޢިއްޔާތައް އުވާލުމުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޖަމްޢިއްޔާއެއް އުވެން ދިމަވަ މައިގަނޑު 2 ސަބަބެއް އެބަ އޮތް. އެގޮތުން ޖަމްޢިއްޔާ އުފެދުނު ރޫޙު ނެތިގެން ދިޔުމާއި ޖަމްޢިއްޔަތަކުގެ އެކްސްކޯ ބޮޑުވުމާއި ހޭޅުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގިފިހުރިލެއް މަދުކަން. މިފަދަކަންކަމަށް އެޓެންޑްވެފައި ހުރިނަމަ މިއަދު މިހާލަތުގައި ޖަމްޢިއްޔާތަކެއް ނުހުންނާނެ. 1000 ޖަމްޢިއްޔާ އެކްޓިވްކޮށް އުޅެނީ. މިހިންގާ ޕްރޮގްރާމްތަކުގައި މިފަދަކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ." ޖަމްޢިއްޔާތަކުގެ ރަޖިސްޓަރ އަލީ ޝަކީލް ވިދާޅުވިއެވެ.
ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން ހަރަކާތްތެރި ނޫން ޖަމްއިއްޔާތައް ކަމަށް ކަނޑައަޅާފައިވާ ޖަމްޢިއްޔާތަކަށް ލިޔެކިއުންތައް ހުށަހެޅުމަށް އިތުރު ފުރުސަތެއް އެ ވުޒާރާއިން މިހާރު ވަނީ ދީފައެވެ. އެގޮތުން އެންމެ ފުރަތަމަ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީކޮށް، އިންއެކްޓިވްވެފައިވާ 55 މަދަނީ ޖަމްޢިއްޔާއަށެވެ. މިގޮތުން ލިޔެކިއުންތައް ހުށަހެޅުމުގެ އެންމެފަހު މުއްދަތަކީ 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00އެވެ.
އިތުރު ފުރުސަތުދޭ ފުރަތަމަ 55 މަދަނީ ޖަމްޢިއްޔާގެ ލިސްޓު އާންމުކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި ޖަމްޢިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމްޢިއްޔާތައް ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ހަރަކާތްތެރި ނޫން ޖަމްޢިއްޔާތައް މިއަހަރުގެ ނިޔަލަށް އުވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ