ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ފަތިސްނަމާދުގެ ވަޤުތުގަ ނުހޭލެވިއްޖެނަމަ ދެން އެނަމާދުކުރަންވީ ކޮން ވަޤުތަކު؟

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކޮންމެ ދުވަހަކު ކިޔުންތެރިއަކަށް އިނާމެއްގެ ގޮތުގައި ދެމުން އައި ލެގިލައިގެން އިނދެވޭ މުސައްލަ ޢަދަދު ހަމަވުމާއި ގުޅިގެން މިފަށަނީ ކޮންމެ ދުވަހަކު ސުވާލަށް ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭނެ ސުވާލުތަކެވެ.  
ޢާންމުކޮށް ހުވަނދު ހަދިޔާ ދެމުން މިއަންނަނީ ރަމަޟާން މަހުގައެވެ. މިއަހަރު ކުރިއަށް މިފަށަނީ ކިޔުންތެރިން ދެއްވަމުން ގެންދަވާ ތަރްޙީބް ބޮޑުކަމުން ރަމަޟާން މަހާއި ބައްދަލުވާން ކުރިއަށް އޮތް ދުވަސްކޮޅަށްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.  
މިއަދުގެ ސުވާލު:
ފަތިސްނަމާދުގެ ވަޤުތުގަ ނުހޭލެވިއްޖެނަމަ ދެން އެނަމާދުކުރަންވީ ކޮން ވަޤުތަކު؟  
އެހީ:
ހޭލެވުނުހައި އަވަހަކަށެވެ. ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މެންދުރުނަމާދާއި އެއްކުރަން ލަސްކުރުމަކީ ނަމާދު އެޅުން ފަދަ ނުބައި ކަމެކެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ