ފަވާދު އާއި މާހިރާގެ ފިލްމުގެ ޓީޒާ ދައްކާލައިފި
ޕާކިސްތާނުގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ފަވާދު ޚާން އާއި މާހިރާ ޚާން އެކީގައި ކުޅޭ ފިލްމު "ނީލޯފަރް"ގެ ޓީޒާ ބެލުންތެރިންނާ އެކު ހިއްސާކޮށްފިއެވެ. ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ތާރީޚަކީ އަންނަ ނޮވެމްބަރު މަހުގެ 28ގައެވެ. ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔާ އައްމާރު ރަސޫލު އަމިއްލައަށް ލިޔެ ތައްޔާރުކޮށްފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް ޚުދު އައްމާރެވެ. މި ފިލްމުގައި މާހިރާ ފެންނާނީ ނީލޯފަރު ކިޔާ ލޯފަން އަންހެން ކުއްޖެއްގެ ކެރެކްޓާއިންނެވެ. ފަވާދު ފިލްމުގައި ފެންނާނީ ކުޅަދާނަ ލިޔުންތެރިއެއްގެ ރޯލްއިންނެވެ. https://www.instagram.com/mahirahkhan/?utm_source=ig_embed&ig_rid=58faab7a-995c-4784-8d29-9515c1b47014 މީގެ ފަސް އަހަރު ކުރިން އިއުލާނުކުރި ފިލްމު "ނީލޯފަރު" އަކީ މާހިރާ އާއި ފަވާދު އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ލެޖެންޑް އޮފް މޯލާ ޖަޓް"އިންނެވެ. ފަވާދު އާއި މާހިރާ އަކީ ދެ ތަރިން އެކީގައި އެންމެ ފުރަތަމަ މަސައްކަތްކުރި ޓީވީ ޑްރާމާ ސިލްސިލާ "ހަމްސަފަރު" ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ދެ ތަރިންނެވެ. ޕާކިސްތާނު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކޮށް އާއްމުންގެ ފަރާތުން ލިބުނު މަގުބޫލުކަމާ އެކު ދެ ތަރިންނަކީ ވެސް ބޮލީވުޑްއިން ފުރުސަތު ލިބި ބޮލީވުޑަށް ތައާރަފްވެފައިވާ ތަރިންނެވެ. ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާންއާ އެކު ފިލްމު "ރައީސް"އިން މާހިރާ ބޮލީވުޑަށް ތައާރަފްވީއިރު ފަވާދު ވަނީ ބޮލީވުޑްގެ ތިން ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އޭގެތެރެއިން އެންމެ ފަހު ފިލްމު ރިލީޒްކޮށްފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ