ޕީއެންއެފްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކަނިކަން އެޕާޓީން ހާމަކޮށްފިއެވެ.
ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ގޮތުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށްފަހު އެޕާޓީން އާންމުކޮށްފައިވާގޮތުން އެ މަސައްކަތްތައް ކަނޑައެޅި މުއްދަތުވަނީ ހަމަވެފައެވެ. އަދި މި ފުރުސަތުގައި ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް ޔާމީންކަމަށާއި އެހެނިހެން މަގާމުތަކަށް 55 މީހަކު ކުރިމަތިލާފައިވާކަމަށެވެ.
ފުރުސަތު ހުޅުވާލި މަގާމުތަކުގެ ތެރޭގައި ދެ ނައިބުރައީސުންގެ އިތުރުން ރަޖިސްޓްރާ އަދި ސެކެޓްރީ ޖެނެރަލް ފަދަ މަގާމުތައްވެސް ހިމެނެއެވެ.
މި މަގާމުތަކަށް މީހުން އިންތިހާބު ކުރުން ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ކަނޑައެޅިފައިވާ ގައުމީ ޖަލްސާގެ ތެރެއިންނެވެ.
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލީ ޔާމީން އެކަނި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ