ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެ އެވެ.
މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނީ ހުޅުމާލެއިން ކަރަންޓު ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުންޏެވެ.
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިފައިވާއިރު، މި ފަހަކަށް އައިސް އެ އަވަށުން ކަރަންޓު ކެނޑޭ މިންވަރު ވަނީ އިތުރުވެފަ އެވެ.
އެކަމާ ގުޅިގެން މީގެ ކުރިން ސްޓެލްކޯއިން ބުނެފައި ވަނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރާ މީހުންގެ އިހުމާލުން ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންކަމުން، އެފަދަ މަސައްކަތް ކުރާ މީހުން މަސައްކަތް ކުރުމުގައި އިތުރަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ދާން މެދުވެރިވި ސަބަބެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެ އެވެ.
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ