2،000 އެއްހާ ފަތުރުވެރިންނާ އެކު، ކްރޫޒްލައިނާ "އައިޑާ ޑީވާ" ރާއްޖެ އަތުވެއްޖެ
ދެހާހާ ގާތްކުރާ އަދަދެއްގެ ފަތުރުވެރިންނާ އެކު، އިތުރު ކްރޫޒްލައިނާއެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ. "އައިޑާ ޑިވާ" ކިޔާ މި ބޮޑު ކްރޫޒްލައިނާ ރާއްޖެ އައީ، ލަންކާގެ ކޮލޮމްބޯ ޕޯޓުން ފުރައިގެންނެވެ. ރާއްޖެއަށް ކްޒޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)އިން ބުނި ގޮތުގައި، އެ ކްރޫޒްލައިނާ ރާއްޖޭގައި މަޑުކުރާނީ ކުރިއަށް އޮތް ދެ ދުވަހަށެވެ. ދިގު މިނުގައި 251 މީޓަރު، ފުޅާމިނުގައި 37 މީޓަރު ހުންނަ "އައިޑާ ޑިވާ"އިން ވަނީ، 1،918 ފަތުރުވެރިންނާއި 630 ކްރޫއިން އައިސްފައެވެ. https://x.com/mayamaldives/status/2022899356010188877 މި ކްރޫޒްލައިނާ އައިއިރު، ރާއްޖެއަށް އެންމެ ފުރަތަމަ އައި ކުރޫސްލައިނާ އޮޕަރޭޓަރުގެ އިތުރު ބޯޓެއް 2،600 ފަތުރުވެރީންނާ އެކު ވަނީ އިއްޔެ ރާއްޖެ އައިސްފައެވެ. އެ ކްރޫޒްލައިނާ ފުރާފައި ވަނީ، އިއްޔެ އިރުއޮއްސި 18:00 ގައެވެ. ކްރޫޒްލައިނާތައް އަންނަން ފަށައިފައިވާއިރު އެއިން ފައިބާ ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ ރަނގަޅު ވަސީލަތްތަކެއް ނެތުމުގެ ކަންބޮޑުވުން ކްރޫޒްލައިނާތައް ގެންނަ އެޖެންޓުން އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ