ވެނެޒުއޭލާއިން ތެޔޮ އެކްސްޕޯޓް ކުރާ ދެ ޓޭންކަރު ހުޅަނގު އެޓްލާންޓިކް ކަނޑާއި ކެރީބިއަން ކަނޑުން އެމެރިކާ ސިފައިން އިއްޔެ އަތުލައިގެންފި އެވެ.
އެމެރިކާ ސިފައިން ވަނީ ރަޝިއާގެ ދިދަ ޖަހާފައިވާ މެރިނޭރާގެ ފަހަތުން ދެ ހަފުތާ ވަންދެން ދުއްވުމަށް ފަހު، އައިސްލޭންޑާއި ސްކޮޓްލެންޑާ ދެމެދު ދަތުރުކުރި އުޅަނދަށް އަރައިފަ އެވެ. އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީން ވަނީ ވައިގެ މަގުން އަދި ކަނޑުމަގުން ލޮޖިސްޓިކަލް ސަޕޯޓް ފޯރުކޮށްދީފަ އެވެ.
އަނެއް ޓޭންކަރަކީ ކެރީބިއަން ކަނޑުގައި އޮތް ޓޭންކަރެކެވެ.
އެކަން ހިނގާފައި މި ވަނީ، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެނެޒުއޭލާގެ ވެރިރަށް، ކަރަކަސްގައި ހުންނަ އޭނާގެ ގެކޮޅުން ހައްޔަރު ކުރިތާ ދުވަސްކޮޅެއް ފަހުން ވެނެޒުއޭލާގެ ގިނަ އަދަދެއްގެ ސާފު ނުކުރާ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓާލަން އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އެކްސްގައި ވިދާޅުވީ ވެނެޒުއޭލާގެ ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރު ފުރިހަމައަށް ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.
މޮސްކޯއިން ވަނީ އެ ގައުމުގެ ދިދަ ޖަހާފައި ހުރި ޓޭންކަރު އަތުލައިގަތުމުން އެކަން ކުށްވެރިކޮށްފަ އެވެ. އަދި ބޯޓުގައި ތިބި ރަޝިޔާ މީހުންނާ މެދު ރަނގަޅަށް އަމަލުކޮށް، އެ މީހުން ވީހާ ވެސް އަވަހަކަށް ރަޝިޔާއަށް ފޮނުވުމަށް އެދުނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެ ބޯޓުގައި ރަޝިއާގެ ދިދަ ވަގުތީ ގޮތުން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެހެން ގައުމެއްގެ އިހުތިސާސްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ އެއްވެސް ހައްގެއް އެއްވެސް ދައުލަތަކަށް ލިބިގެން ނުވާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ ބޯޓު ހިމާޔަތް ކުރުމަށް ރަޝިއާ އިން ވަނީ ސަބްމެރީނެއް ފޮނުވައިފަ އެވެ. ނަމަވެސް އެމެރިކާ ސިފައިން ޓޭންކަރަށް އެރި އިރު އެއްވެސް ދެކޮޅުވެރިކަމެއް ނުފެނެ އެވެ.
ވައިޓް ހައުސް އިން އެ ބޯޓު ސިފަކޮށްފައި ވަނީ "ވެނެޒުއޭލާގެ ޝެޑޯ ފްލީޓް އުޅަނދެއް"ގެ ގޮތުގަ އެވެ.
ވެނެޒުއޭލާގެ ތެޔޮ އުފުލާ 2 ޓޭންކަރު އެމެރިކާއިން އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ