ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައިސް ޔާމީން ވިދާޅުވީ ގައުމަކަށް ލިބޭނެ އެންމެ އަގު ބޮޑު މުދަލަކީ އެ ގައުމެއްގެ މިނިވަންކަމާ އިސްތިގުލާލު އަދި ސިޔާދަތީ ބާރުކަމަށެވެ. އެހެންކަމުން ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް، އިގްތިސޯދީ ފުދުންތެރިކަމާ އެކު އެ ގައުމެއްގައި މިނިވަންކަމާ ސިޔާދަތު އަދި އސިްތިގުލާލު އޮންނަންވާނީ އެ ގައުމެއްގެ ރައްޔިތުންގެ މުށު ތެރޭގައި ކަމަށް ވިދާޅުވިއެވެ. އަދި އެ ބާރުތަކަށް ބޭރުގެ ބާޒުތަކުގެ ކަޅި ހުއްޓި ބާރުތައް ނިގުޅައިގަންނަން ފުރުސަތު ދީފި ނަމަ އަމިއްލަ ވަންތަކަމާ އެކު ގައުމުވެސް ބީވެގެން ހިނގައިދާނެ ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ބޭރުގެ އަސްކަރިއްޔާތަކުގެ ވަކިތަކުން ގައުމު ސަލާމަތްކޮށް ދިވެހިންގެ ކަންކަން ދިވެހިން ނިންމަން ވެސް ރައީސް ޔާމީން ވަނި ގޮވާލައްވާފައެވެ.
21 ވަނަ ގަރުނުގައި ގައުމުތައް އަޅުވެތިކުރަނީ ފިކުރީ ގޮތުން ކަމަށާ އެހެންކަމުން މިކަމަށް ދިވެހީން ހޭލާ ތިބެ، އެތެރެއިންނާ ބޭރުން އަންނަ ހަމަލާތަކާ ކުރިމަތިލާ، ބޮޑު ތަކުރުފާނު ފަދަ ގައުމީ ބަތަލުން ކުރި ޖިހާދުން ގެނެސްދީފައިވާ މިނިވަންކަން ދަމަހައްޓާ ނަގަހައްޓަން ރައީސް ޔާމީން ގޮވާލެއްވިއެވެ.
ކޮންމެ ދިވެހި ދަރިޔަކީ ވެސް ދެ ހާޖީންނާ ދަންޑެހެލު އަދި ދެ ތަކުރުފާނުން ކުރި މިންނެތް މަސައްކަތުން ހިތްވަރު ލިބިގަނެ ގައުމުގެ ހައްގުގައި ބަސް ބުނަން ކެރޭނެ ބަޔަކަށް ވުމަށް ވެސް ރައީސް ޔާމީން ވަނީ ގައުމީ ދުވަހުގެ މި މުނާސަބާގައި ގޮވާލައްވާފައެވެ.
ހަމަ އެހެންމެ ގައުމީ ބަތަލުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އަދާކުރުމުގެ އަޒުމު އައުކޮށް ގައުމީ ބަތަލުންގެ ހިތްވަރުން ހިތްވަރު ލިބިގަންނަނެ ގައުމު އަޅުގަނޑުމެންނަށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލައި ގައުމަށް އަޅުގަނޑުމެން ކޮށްދެންވީ ކޮން ކަންތައްތައްތޯ ބަލައި އެކަމަށް ވިސްނަންވީ މިއަދު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ގައުމީ ރޫހު އާލާކޮށް ދިރުވާ، އަޅުގަނޑުމެންނާއި ހަމައަށް ވާރުތަވަމުން އައި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ރައްދު ކޮށްދިނުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ