ބ. ދަރަވަންދޫން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި.

ބ. ދަރަވަންދޫން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް އެކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.ބ. ދަރަވަންދޫއަށް ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތް ބައެއް ގަޑިތަކުގައި ކެނޑެން ފަށާފައިވަނީ މިހާރު އެރަށަށް ކަރަންޓު ފޯރުކޯށްދެމުންދާ އިންޖީނުތަކުގެ ތެރެއިން 250 ކިލޯވޮޓްގެ އިންޖީނަށް މެކޭނިކަލް މައްސަލައެއް ކުރިމަތިވުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން ދަރަވަންދޫގެ އެކި ހިސާބުތަކުން ކަރަންޓް ދަނީ ކަރަންޓެ ކެނޑެމުންނެވެ. ކަރަންޓް ހާލަތު އާއްމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރެއްވުމާއި، ކަރަންޓް ބޭނުން ކުރަމުންދާ މިންވަރު މަދު ކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ