އާންމު ހާލަތަށް ރުޖޫއަވުމުގައި ފަރުވާތެރި ނުވެވިއްޖެނަމަ އަލުން ލޮކްޑައުންވާން ޖެހިދާނެ: ޑަބްލިއުއެޗްއޯ

ކޮވިޑު-19 އާއި ގުޅިގެން ލޮކްޑައުން ކޮށްފައިވާ ޤައުމުތައް އާންމު ހާލަތަށް ރުޖޫއަވުމުގައި ފަރުވާތެރި ނުވެވިއްޖެނަމަ އަލުން ލޮކްޑައުން އަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑެރޮސް އަދޮނަމް ވަނީ، އާންމު ހާލަތަށް ރުޖޫއަވުމުގައި އަމަލު ކުރަންވީ ގޮތް ތަފްސީލުކޮށްދެއްވާފައެވެ. "އާންމު ހާލަތަށް ދިޔުން ރަނގަޅަށް މެނޭޖު ނުކުރެވިއްޖެނަމަ އަލުން ލޮކްޑައުން އަށް ދާން ޖެހުމުގެ ފުރުސަތު ބޮޑު" ޓެޑެރޮސް ވިދާޅުވެފައިވެއެވެ. އަދި ކުރިން އަމަލު ކުރަމުން އައިގޮތަށް އަމަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ގައުމުތަކުން ސިއްހީ ނިޒާމަށް އިތުރަށް ހަރަދުކޮށް ތަރައްޤީ ކުރަން ޖެހޭކަމަށެވެ. އަދި ކޮވިޑު-19 ގެ ނުރައްކާ ކޮންމެވެސް ހިސާބަކުން ދާނެ ކަމަށާއިނަމަވެސް، ކުރީގެ އާންމު ހާލަތަކަށް ދެން ނުދެވޭނެ ކަމަށެވެ. މިހާތަނަށް ދުނިޔެއިން 3 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 2 ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ އެބަލި ޖެހިފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ