ގާސިމް މަރުވުމުގައި ފުލުހުންގެ އިހުމާލެއް ނެއްކަމަށް ޕީއައިސީ އިން ބުނެފި

ވީޑިއޯގައި ފޯނު ފޭރިގެން ފިލަން ދުއްވާފައި ދިޔަ 2 މީހުންނަށް ފުލުސްމީހާ މުގުރު މަޅާލުމުން ގާސިމްގެ ސައިކަލުގައި ޖެހެނީމިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު މަގުމަތިން ފޯނެއް ފޭރިގަނެގެން ސައިކަލުގައި ފިލަން ދުއްވި ދެ މީހަކު އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި މަރުވި ޢަބްދުﷲ ގާސިމް އިބްރާހީމް މަރުވުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނެފިއެވެ.ސ. ހިތަދޫ ރަތްފުސްގޭ އުމުރުން 43 އަހަރުގެ ޢަބްދުﷲ ގާސިމް މަރުވީ ފިލަން ދުއްވި ސައިކަލް ހުއްޓުވަން ފުލުހުން މުގުރު ހޫރާލި ވަގުތު ސައިކަލް ވިއްސައިގެން ގޮސް، ޖަސްޓިސް ބިލްޑިންގް ކައިރީގައި މަޑުކޮށްގެން ހުރި ގާސިމްގެ ސައިކަލުގައި ޖެހިގެންކަމަށް އާންމުވި ވީޑިއޯއަކުން ދައްކައެވެ.ގާސިމްގެ އަންހެނުން ނަސީމާ ހަލީމް ޕީއައިސީ އަށް ހުށަހެޅި މައްސަލައިގައި އެ ކޮމިޝަނުން ނިންމާފައިވަނީ ގާސިމްގެ މަރުގެ މައްސަލައިގައި “ފުލުހުންގެ ނިންމުމަކީ ސައްހަ ނޫން ނިންމުމެއް ކަމަށް ބަލާނެ ތަނެއް ނެތް” ކަމަށެވެ.ޕީއައިސީން ޖެނުއަރީ 31ގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރުގެ މި މައްސަލައިގައި ފުލުހުން ނިންމާފައިވަނީ ގާސިމް މަރުވީ ފުލުހުން ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ކަމަށް، ނުވަތަ ކުރަންވާ ވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން، ނުވަތަ ބާރުގެ ބޭނުން ނުކުރެވޭނެ ހާލަތެއްގައި ބާރުގެ ބޭނުންކުރުމުގެ ސަބަބުންކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.އެ ނިންމުމަށް ބާރުދީ ޕީއައިސީން ބުނެފައިވަނީ އެކްސިޑެންޓްވި ސައިކަލަކީ ވަގަށް ނަގައިގެން ދުއްވި އެއްޗެއް ކަމަށް ބެލެވޭތީ، އެ ސައިކަލު ހުއްޓުވުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ. އަދި މުގުރު ބޭނުންކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.އެ އެކްސިޑެންޓްގެ ވީޑިއޯ ފުޓޭޖަށް ބަލާއިރު ސައިކަލުގައި ތިބި މީހުންގެ ގައިގައި މުގުރުން ޖެހުނުކަން ޔަގީންނުވާ ކަމަށާއި، މުގުރުން ޖެހުނަސް ޖެހިފައިވާނީ ސައިކަލްގެ ފަހަތުގައި އިން މީހާގެ ބުރަކަށީގައި ކަމަށް ގަބޫލުކުރެވޭ ކަމުގައި ވެސް ޕީއައިސީން ބުނެ އެވެ. އަދި މުގުރު ބޭނުންކުރުމުން، ސައިކަލު ދުއްވަމުން ދިޔަ ސްޕީޑަށާއި މިސްރާބަށް ވެސް ބަދަލު އައިސްފައިވާކަން ފާހަގަނުކުރެވޭ ކަމުގައި ޕީއައިސީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ