އިސްލާމީ މަރުކަޒުގެ އަޅާފައި ހުރި ކަރަންޓް ކޭބަލްތައް ވަގަށް ނަގަން އުޅެނިކޮށް މީހަކު ހައްޔަރު ކޮށްފި

އިސްލާމީ މަރުކަޒުގެ ތެރެއިން ވައްކަންކުރަން އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަނީ، ދިއިސްލާމް ފޮޓޯ:މަފާޒުފުލުހުންގެ މީޑިއާއިން މަޢުލޫމާތު ދޭ ގޮތުގައި އިއްޔެ މެންދުރުފަހު 2:45 ހާއިރު އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި އަޅާފައި ހުރި ކޭބަލްތައް ބުރިކޮށްގެން ވަގަށް ގެންދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މިހަފުތާއަކީ މިސްކިތްތަކަށް އެހީވުމަށް މީޑިއާ މެދުވެރިކޮށް ޓެލްތޯންއެއް ކުރިއަށް ގެންދާ ހަފުތާއެވެ. މިކޭބަލްތަކަކީ މިޙަރަކާތުގައި އިސްލާމީ މަރުކަޒުގައި ބޭނުންކުރާ މީޑިއާ އެކިޔުޕްމެންޓްތަކުގެ ބޭނުމަށް އަޅާފައިވާ ކޭބަލްތަކެކެވެ.މިކޭބަލްތައް ވަގަށް ގެންދަން މަސައްކަތް ކޮށްފައިވަނީ ޢުމުރުން 18 އަހަރުގެ މީހެކެވެ. އޭނާ މިކޭބަލްތައް ވަގަށް ގެންދަން މަސަކަތް ކުރަނިކޮށް މިމަންޒަރު ފެނިފައިވަނީ ފުލުހަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ