ހުޅުމާލޭގައި އޮތް ބީޗް ވޮލީކޯޓް ބައިނަލް އަގުވާމީ ފެންފަރަށް ފަރިތަކުރެވޭ ވަރަށް ތަރައްގީ ކޮށްފި

ހުޅުމާލޭގައި އޮތް ބީޗް ވޮލީކޯޓް ބައިނަލް އަގުވާމީ ފެންފަރަށް ފަރިތަކުރެވޭ ވަރަށް ތަރައްގީ ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިލަވެލި އަޅައިގެން ހަދާފައިވާ މިކޯޓަކީީ މިހާތަނަށް ރާއްޖޭގައި ގާއިމު ކުރި މިފަދަ ފުރަތަމަ ބީޗް ކޯޓު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ކޯޓާ އެކު ރާއްޖޭގެ ބީޗް ވޮލީ ކުޅޭ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ބައިނަލް އަގުވާމީ މުބާރާތްތަކުން ރާއްޖޭގެ ބީޗް ވޮލީ ޓީމަކީ ކާމިޔާބީތައް ހޯދަމުން އަންނަ ޓީމެކެވެ.
އެގޮތުން މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ވަނީ ރިހި މެޑެލް ހޯދާފައެވެ. ހަމަ އެމުބާރާތުން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ވަނީ އިންޑިވިޖުއަލް އިވެންޓުގެ ލޯ މެޑެލް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ