އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކުރީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ތުހުމަތު ކުރައްވައިފިއެވެ.
އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި ރޯކޮށްލުމަށް މަސައްކަތްކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އެގޮތުން އެގޭގެ ދޮރަށް ތެޔޮ އެޅުމަށް ފަހު އަލިފާން ރޯކޮށްލި ނަމަވެސް އެވަގުތު ވާރޭ ވެހެމުގެ ސަބަބުން އަލިފާންގަނޑު ވަނީ ނިވިފައި ކަމަށް މައުލޫމާތުލިބެއެވެ.
މިކަމާ ގުޅިގެން ޒާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެމްބަރު ނާޒިލް ގޭންގްސްޓާރަކަށް ވިޔަސް ނުވަތަ މަސްތުވާތަކެތި ވިއްކި ކަމުގައިވީނަމަވެސް ނާޒިލް ދެކެ ކުޑަކޮށްވެސް ބިރެއް ނުގަންނަ ކަމަށެވެ.
މެމްބަރު އަސްލަމްއާ ޖެހުނު މައްސަލައެއްގައި ރޯކޮށްލީ އޭނާ ހަދާފައިހުރި އޭނާގެ ގެއެއްގައި ކަމަށް ޒާހިދު ވިދާޅުވިއެވެ.
މެމްބަރު ނާޒިލް އާއި މެމްބަރު އަސްލަމާ ދެމެދު މައްސަލަ ޖެހެން ދިމާވި ސީދާ ސަބަބު ނޭގުނުނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެންބަރު ނާޒިލް ވޯޓު ކަރުދާސް ގުނަން އިން، ވީޑިއޯއެއް މެމްބަރު އަސްލަމް ވަނީ އާންމުކުރައްވާފައެވެ.
އެކަމާ ގުޅިގެން މަޖީލީސް ތެރޭގައި މެމްބަރު ނާޒިލް ވަނީ ޖިންސީ ފުރައްސާރައަކަށްވާ ފަދަ އަމަލެއް ކުރައްވައި، "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވެފައެވެ.
މަޖިލީހުގެ އިދާރާ ތެރޭގައި އެފަދަ ކަމެއް ކުރެއްވުމުން އެ މައްސަލަ ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމްއެވެ.
މެމްބަރު އަސްލަމްގެ ގޭގައި ރޯކޮށްލަން އުޅުނީ ނާޒިލް ކަމަށް ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ