އަދުލުވެރިކަމާއެކު ޝަރީއަތްތައް ހިނގާނެކަމުގެ އުއްމީދު ލިބިއްޖެ:އަބްދުﷲ ރިޔާޒް


ރާއްޖޭގެ ކޯޓުތަކުގައި އިންސާފުވެރިކަމާއެކު ޝަރީއަތްތައް ހިނގާނެ ކަމުގެ އުއްމީދެއް ލިބިގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ 
 
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިހެން ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް އުފުލި ޖިނާއީ ދައުވާ ސާބިތުނުވާކަމަށް ނިންމުމާއި ގުޅިގެން މީޑިޔާ ތަކާ ވާހަކަ ދައްކަވަމުންނެވެ.
 
ރިޔާޒް ވިދާޅުވީ އޭނާ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުންތައް ދިޔައީ ވަރަށް އަދުލުވެރިކަމާއެކު ކަމަށެވެ. އެގޮތުން ވާހަކަ ދެއްކެވުމަށް އެކަށީގެންވާ ފުރުސަތު ޝަރީއަތުގެ މަޖިލީހުން ދެއްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
 
" ބައެއް ފަރާތްތަކުން ތުހްމަތު ކުރި، ސަރުކާރުގެ ނުފޫޒު އޮވެގެން، ސިޔާސީ ގޮތުން ހަރަކާތްތެރިވާ ފަރާތް ހައްޔަކުރުމުގެ މަސައްކަތް ކުރާ ކަމަށް، އެ ފަދަ ކަންކަން މީގެ ކުރީގެ ޝަރީއަތްތަކުގައި އެބަހުރި ހިނގާފައި. އަޅުގަނޑުގެ މައްސަލާގައި ވަރަށް ރަނގަޅަށް ތިން ފަނޑިޔާރުންގެ ބެންޗުންގެ އިއްތިފާގުން ނިންމަވާފައި މި ވަނީ،" އޭނާ ވިދާޅުވި އެވެ.
 
އެހެން ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި މަސައްކަތް ކުރާ އެކި ފަރާތްތައް ކުށްވެރިންގޮތުގައި ކަނޑައެޅުމަށް ސަރުކާރުން އަދިވެސް މަސައްކަތް ކޮށްފާނެ ކަމަށާއި އެކަމަށް ހުށިއާރުވެ ތިބުމަށް އޭނާ ގޮވާލެއްވި އެވެ.
 
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ