އައްޑޫ ސީޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޓަކައި އިތުރު ދެ ޖަނަރޭޓަރު ގެންދިއުމަށް ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ 11 ޖަނަރޭޓަރު ސެޓްގެ ތެރެއިން 4 ޖެނަރޭޓަރު ސެޓަށް މައްސަލަ ދިމާވެފައިވާ އިރު ދޭތެރެ ދޭތެރެއިން އަންނަނީ ކަރަންޓް ކެނޑެމުންނެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތް ހަފްތާ ބަންދުގައި އައްޑު އަށް 1.2 ކިލޯވޮޓާއި އެއް ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދެ ޖަނަރޭޓަރުގެ އެހީގައި ކަރަންޓް މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މައްސަލަ ޖެހުނު ހަތަރު ޖަނެރޭޓަރަށް ދިމާވި މައްސަލަ އަދިވެސް ހައްލު ކުރެވޭ ގޮތް ނުވާ ކަމަށެވެ.
ފަނަކައިން މީގެ ކުރިން ބުނީ އައްޑޫ ސިޓީގެ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ މަރުކަޒީ އިންޖީނުގެ އަށް ގެނެސްފައި ހުރި ދެ މެގަވޮޓްގެ ދެ އިންޖީނު އިންސްޓޯލްކޮށް ބޭނުން ކުރަން ފެށުމުން ކަމަށެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އައްޑުއަށް އިތުރު ދެ ޖެނެރޭޓަރު ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ