ލޯނު އެއްބަސްވުމެއްގެ ދަށުން ލުކާކޫ އިންޓަ އަށް ފޮނުވާލަން ނިންމައިފި

ލޯނު އެއްބަސްވުމެއްގެ ދަށުން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އިންޓަ އަށް ފޮނުވާލަން ނިންމައިފި އެވެ.
ލުކާކޫ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަ އަށް ފޮނުވާލަން ނިންމާފައިވަނީ އޭޏާ މިހާރު ކުޅޭ ކުލަބް ޗެލްސީއާއި އިންޓަ އާއި ދެމެދު ދެކެވުނު މަޝްވަރާތަކަށް ފަހުގައެވެ.
މީގެ ކުރިންވެސް އިންޓަ އަށް ކުޅެފައިވާ ލުކާކޫ ޗެލްސީއަށް ބަދަލުވީ 97.5 މިލިޔަން ޕައުންޑަށް ޗެލްސީއަށް ބަދަލުވީ މިދިޔަ އަހަރުއެވެ. އޭރު ލުކާކޫ އަކީ ޗެލްސީ އަށް އެންމެ ބޮޑު އަގެއްގައި މިހާތަނަށް ގެނައި ކުޅުންތެރިއާއެވެ.
އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އަލުން ލުކާކޫ އިންޓަ އަށް ފޮނުވާލުމަށް ދެ ކްލަބުގެ ދެމެދުގައި މިހާރު އެއްބަސްވެފައިވާ އިރު ލޯނުފީއެއްގެ ގޮތުގައި އިންޓަ އިން ޗެލްސީ އަށް ދައްކަން ޖެހެނީ 8 މިލިއަން ޔޫރޯ އެވެ. ލޯނުގެ މުއްދަތުގައި ލުކާކޫ އަށް މުސާރަ ދޭނީ އިންޓަ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ