އެޗްއާރުސީއެމްގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް އަހުމަދު ތޮލާލް މިއަދު ވިދާޅުވީ
ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންމެ ފުރަތަމަ ޗިޓް ފޮނުވީ މިއަދު 1:45
އަށް ކަމަށެވެ. ނަމަވެސް ހުރިހާ މެންބަރުން ރަށުގައި ނޫޅުއްވާތީ ހޯމަ
ދުވަހަށް ލަސްކޮށްދިނުމަށް އެދުމުން މިއަދު އަލުން ޗިޓް ލިބިފައިވާ
ކަމަށެވެ. ނަމަވެސް ހާޒިރުކުރަނީ ކޮން މައްސަލައަކަށް ކަމެއް
އެނގިވަޑައިނުގަންނަވާ ކަމަށާއި ޗިޓްގައި އޮތީ ކޯޓުގެ ބޭނުމަކަށް
ހާޒިރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓް
ފޮނުވާފައި މި ވަނީ ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު
ފޯރުވަމުން ދާ ކަމަށާއި އޭގެ ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް
ހަނިވެ، ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް އެޗްއާރުސީއެމުން ނެރުނު
ރިޕޯޓެއްގައި ބުނުމާ ގުޅިގެންނެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށް އދ. ގެ
ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް
ރިވިއު" )ޔޫޕީއާރު( ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުއްދައެއް
ނެތި އެޗްއާރުސީއެމާ މުއާމަލާތު ނުކުރުމަށާއި އެއްވެސް މައުލޫމާތެއް
ނުދިނުމަށް ދަށު ކޯޓުތަކަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ