ނަޝީދު މެމްބަރުކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރަމަށް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ކަމުން ނަޝީދު ވަކިކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ.
މެމްބަރުކަމުން ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅާފައިވަނީ މިހާރު ކުރިއަށްދާ ކޮޕް27 ސަމިޓުގައި ސްރީލަންކާ ތަމްސީލުކުރާ ވަފުދުގައި ނަޝީދު ހިމެނޭތީއެވެ.
މިމައްސަލަ ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ އަމަލަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޒިންމާތަކާ ޝަރުތުތަކާ ހިލާފު އަމަލެއްކަމަށް ބުނެއެވެ.
ސްރީލަންކާގެ ވަފުދުގައި ކޮޕް27 ގައި ބައިވެރިވުމަށް ރައީސް ނަޝީދު ވަޑައިގަތުމުން އެކަމުގައި ޤާނޫނީގޮތުން ސުވާލު އުފައްދާ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ