ގަވަރުނަރު އަހުމަދު މުނައްވަރު ރާއްޖޭގެ ހުރިހާ ބޭންކްތަކާ ބައްދަލު ކުރައްވައިފި އެވެ.
އެމްއެމްއޭއިން ބުނީ މިހާރު ރާއްޖޭގައި ހިންގާ ދިވެހި ބެންކުތަކާއި ބޭރުގެ އެކި ގައުމުތަކުގެ ބެންކުތަކުގެ އިސް ބޭފުޅުންނާ ވެސް ގަވަރުނަރު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، މޮރޭޝަސް ކޮމާޝަލް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ހަބީބް ބޭންކް އަދި އެޗްއެސްބީސީ ކަމަށް ބުނެފައިވެ އެވެ.
މި ބައްދަލުވުން ތަކުގައި ބޭންކްތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅު ކުރުމަށާއި މާލީ ދާއިރާގެ ތަރައްގީއަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރި ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އެމްއެމްއޭއިން ވަނީ ރާއްޖޭގެ މާލީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭން މަސައްކަތް ކުރައްވާނެ ކަމަށް ގަވަރްނަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވާކަން ފާހަގަކޮށް، މިއީ އެ ނަތީޖާއަށް ވާސިލްވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބުނެފަ އެވެ.
ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރެވުނީ 31 ޖުލައި 2024 ގައެވެ.
ގަވަރުނަރު އަހުމަދު މުނައްވަރު ރާއްޖޭގެ ހުރިހާ ބޭންކްތަކާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ