ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިއުލާނު ކުރައްވައިފިއެވެ.
އެނގިފައިވާ ގޮތުގައި، ޞާލިޙް މިކަން ހާމަކުރެއްވީ، އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ކަމަކު އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހިވަޑައިގަތް ޞާލިޙް، ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން މި އިއުލާން ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން މިރޭ ރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށެވެ.
ޞާލިޙް މިކަން ހާމަކުރައްވާފައި ވާއިރު، އެމްޑީޕީގެ އެތެރޭގައި ވަނީ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ވަރަށް ބޮޑުވެފައެވެ. އެގޮތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ފާޅުގައި އިއުލާނު ނުކުރެއްވި ނަމަވެސް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރިޔާސީ ޓިކެޓަށް ކެމްޕެއިންކުރައްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
މާލޭ ގެއެއްގެ 2 ވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި އަނިޔާވެއްޖެ އެމެރިކާއިން، އީރާނުގެ ތިން ނިއުކްލިޔާ މަރުކަޒަކަށް ހަމަލާދީފި އައްޑޫ ޑަބްލިއުޑީސީން ހިންގި ފަހެލި ބޫޓް ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލައިފި އައްޑޫ ސިޓީ ޕޮލިސް ފުޓްސަލް ޓޯނަމެންޓް: ފައިނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ