އެލްއޭ ލޭކާސް 10 ބިލިއަން ޑޮލަރަށް ވިއްކާލަނީ: މިއީ ރެކޯޑެއް! އެލްއޭ ލޭކާސް 10 ބިލިއަން ޑޮލަރަށް ވިއްކާލަނީ: މިއީ ރެކޯޑެއް!

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 19) - މަޝްހޫރު ބާސްކެޓްބޯޅަ ކްލަބް، ލޮސް އެންޖެލްސް ލޭކާސް (އެލްއޭ ލޭކާސް)، 10 ބިލިއަން ޑޮލަރުގެ ޑީލެއްގައި، ރެކޯޑް އަަގަކަށް ވިއްކާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދި ބަސް ފެމިލީން އަންނަނީ، 1979 ވަނަ އަހަރުން ފެށިގެން، އެލްއޭ ލޭކާސްގެ މެޖޯރިޓީ ހިއްސާދާރެއްގެ ގޮތުގައި އެ ކްލަބް ހިންގަމުންނެވެ. އެ ފަަހަރު އެ ޓީމު ގަންނަން ހަރަދުކުރީ، 67.5 މިލިއަން ޑޮލަރެވެ.
އެކަމަކު، އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލޭކާސް ވިއްކާލުމުގެ މަޝްވަރާތައް ދި ބަސް ފެމިލީން ކުރަމުން އަންނަނީ، ޓީޑަބްލިއުޖީ ގްލޯބަލްގެ ސީއީއޯ މާކް ވޯލްޓާސްއާ އެވެ. އަދި، މި ޑީލްގެ އަގު، 10 ބިލިއަން ޑޮލަރަށް އަރާއިރު، މިއީ އެމެރިކާގެ ކުޅިވަރު ތާރީހުގައި ވެސް ކްލަބެއް މިހާ ބޮޑު އަގެއްގައި ވިއްކާލެވޭނެ ފުރަތަމަ ފަހަރެވެ.
ވޯލްޓާ އަކީ، ލޮސް އެންޖެލްސް އަށް ނިސްބަތްވާ ބޭސްބޯލް ޓީމު، ލޮސް އެންޖެލްސް ޑޮޖާސްގެ މެޖޯރިޓީ ހިއްސާދާރެވެ. އެ ޓީމުން، މިދިޔަ އަހަރު ބޭސްބޯލްގެ ވޯލްޑް ސީރީސް ކާމިޔާބުކުރިއިރު، ވޯލްޓާ އަމާޒުހިފީ އެހެން ކުޅިވަރުތަކުގައި ވެސް ހަރަކާތްތެރިވުމަށެވެ. އެހެންވެ، އެލްއޭ ލޭކާސްގެ މެޖޯރިޓީ ހިއްސާ ގަންނަން މަސައްކަތް ފެށި އެވެ.
މި ވަގުތަށް ބަލާއިރު، ވޯލްޓާގެ އެއް ކުންފުންޏަކީ، އެލްއޭ ލޭކާސްގެ މައިނޯރިޓީ ހިއްސާދާރެކެެވެ. އެކަމަކު، މިހާރު އޭނާ ބޭނުންވަނީ، ކްލަބް ހިންގުމުގައި ކޮންޓްރޯލް އޮންނަ އަދި ބަސްބުނެވޭ ލެވަލަށް ދިއުމަށެވެ. ވޯލްޓާސްގެ ހިއްސާ އޮންނަ ޓީމުތަކުގެ ތެރޭގައި، އިނގިރޭސި ފުޓްބޯޅަ ކްލަބް، ޗެލްސީ ވެސް ހިމެނެ އެވެ.
އެންމެ ފަހުން، ބޮޑު އަގެއްގައި ބާސްކެޓްބޯޅަ ޓީމު ވިއްކާލައިފައިވަނީ، މިދިޔަ މާޗް މަހު އެެވެ. އެ ގޮތުން، މަހުޖަނު، ބިލް ޗިޝޮލްމް ވަނީ 6.1 ބިލިއަން ޑޮލަރަށް ބޮސްޓަން ސެލްޓިކް ބާސްކެޓްބޯޅަ ޓީމު ގަނެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ