އިޓަލީ ވިލާތާއި ސައުދީ އަރަބިޔާ އިން ހަކަތަ އިތުރު ކުރުމާ ބެހޭ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ސައުދީގައި އުފައްދާ ހައިޑްރޯޖެން ޔޫރަޕަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އިޓަލީގެ ހަކަތަ އާއި ތިމާވެށިގެ މިނިސްޓަރު ގިލްބާޓް ޕިޗެޓޯ ވިދާޅުުވެފައިވެ އެވެ.
ފަސް އަހަރުގެ މުއްދަތަކަށް ދެމިގެންދާ އެ އެއަބަސްވުމުގައި ޕިޗެޓޯ ސޮއި ކުރެއްވީ ސައުދީގެ އަމީރު އަބްދުލް އަޒީޒް ބިން ސަލްމާން އަލް ސައުދުއާ ބައްދަލު ކުރެެއްވުމަށް ފަހު އެވެ.
މި މަޝްރޫއުގައި ކުރެވޭ ކަންތައް ތަކުގެ ތެރޭގައި:
އިޔާދަކުރެނިވި ހަކަތަ އިތުރުކުރުން
މީތޭން ދޫކުރުން މަދުކުރުން
ކަރަންޓު އިންޓާ ކަނެކްޝަން
އިޔާދަކުރަނިވި އަދި ލޯ އެމިޝަން ހައޮޑްރޮޖެން އަދި އެމޯނިއާ ލިބުން
ކާބަން ކެޕްޗާ އަދި ސްޓޯރޭޖް ސިސްޓަމް އުފެއްދުން
އިޓަލީގެ ހަކަތަ އާއި ތިމާވެށީގެ މިނިސްޓަރު ވިދާޅުވީ ސައުދީގައި އުފައްދާ އިއާދަކުރަނިވި ހައިޑްރޯޖެން އާއި އެމޯނިއާ ޔޫރަޕުގެ އެންޓްރީ ޕޮއިންޓެއްގެ ގޮތުގައި އިޓަލީ ހަރަކާތްތެރި ވާނެ ކަމަށެވެ.
އިޓަލީ އާއި ސައުދީިން ހަކަތަ އިތުރު ކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ