ކައިވެންޏަށްފަހު ބައިވެރިޔާ ބޭވަފާތެރިވަމުންދާނަމަ އެއީ ކުޑަ ކަމެއް ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. މިބުނަނީ މީހަކަށް ފަހަރެއްގައި ކުރެވޭ ކުށެއްގެ ވާހަކައެއް ނޫނެވެ. ތަކުރާރުކޮށް ބޭވަފާތެރިވަމުންދާ މީހުންގެ ޥާހަކައެވެ.
ތަކުރާރުކޮށް ބޭވަފާތެރިވާނަމަ އެއިގެ މާނައަކީ އޭނާގެ ބައިވެރިޔާ ދެކެ އެއްވެސް ވަރަކަށް ލޯބިނުވާ ކަމެވެ. އޭނާ ކުރާ ކަންކަން އެނގި މިހާރުން މިހާރަށް އޭނާ އާއި ވަކިވިނަމަވެސް އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމެވެ. ކަންބޮޑުވާނަމަ އެގޮތަށް ކަންތަކެއް ނުކުރާނެއެވެ.
ނަމަވެސް ގިނަ ބައަކަށް އެކަމުގެ ހުރި ސީރިޔަސްކަމެއް ނުވިސްނެއެވެ. އެހެންވެ ބަލަނީ އިޞްލާޙްވެދާނެ ކަމަށެވެ. އެކަމުގެ އިންތިޒާރީގައި ހުއްޓާ ނުވަތަ އިންދާ ދަރިންތަކެއް ލިބި ދެމީހުން އެކުގައި ތަޅުލެވެނީއެވެ. ވަކިވެވެން ނެތް ޙާލަތަށް ކަންކަން ދަނީއެވެ.
އަހުރެންގެ ނަޞޭޙަތަކީ ފުރަތަމަ ނަބޭޙަތްތެރިވުމެވެ. ނަޞޭޙަތް ދިނުމެވެ. ނަބޭޙަތް ޤަބޫލުނުކުރާނަމަ ޢުމުރުގެ އަގުހުރި ދުވަސްތައް ބޭކާރުނުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެ އެހެން މަގެއް ހޯދުމެވެ. ދަރިންތަކެއް ލިބި ދެމީހުން އެކުގައި ތަޅުލެވުމުގެ ކުރިން ގޮތެއް ނިންމުމެވެ.
ލޯތްބަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ލޯބީގެ އަގު އެއަށްވުރެ މާބޮޑެވެ. ތެދުވެރިކަމެއް ނެތި ލޯތްބެއް ނުވެވޭނެއެވެ. ތެދުވެރިކަން ނެތް މީހަކު ބައިވެރިޔާ ދެކެ ލޯބިވާކަމަށް ބުނިނަމަވެސް އެކަން ޤަބޫލުނުކުރާށެވެ. އެއީ އޭނާ ހަދާ ވަރަށް ބޮޑު ދޮގެކެވެ.
- ތަޖުރިބާ ކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން
ގިނަ ބައެއްގެ ދިރިއުޅުން ބަނގުރޫޓުވަމުންދަނީ ބައިވެރިޔާ ބޭވަފާތެރިވާއިރުވެސް އޭނާ ތިމާ ދެކެ ލޯބިވާކަމަށް ޤަބޫލުކުރެވޭތީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ