ދިރާގުން ދޭ ފުރަތަމަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވާނީ މާދަމާ ފޭސް 2 ދިރާގު ބީޗުގައި
ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ލޯންޗު ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ ހަރަކާތް ބާއްވާ ތަން ހުޅުމާލެ ފޭސް 2ގެ ދިރާގު ބީޗަށް ބަދަލުކޮށްފި އެވެ.ދިރާގުން ބުނީ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހޮވުމުގެ ބަދަލުގައި ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި ހަވީރު 4:00 ޖަހާއިރު ހޮވުމަށް ނިންމާފައިވާ ކަމަށެވެ.ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ލިބެނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ވަނީ އަޅުވާފަ އެވެ.ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ މި މަހު 16، ގައި ހޮވިޔަސް، ދެވަނަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު މާޗު 31، ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ