މަޖިލީސް ނުހިނގާނަމަ ދެން ކުރަންވީ ކަންކަން ވޯޓަށް ފަހު ކުރާނަން: ރައީސް ޕީޕީއެމްގެ ވެރިކަން އަލުން އިޔާދަވުމަށް ގދ. ތިނަދޫ އިސްލާމީ މަރުކަޒު އެދޭކަމުގެ އިހުސާސް ކުރެވޭ: ޑރ. ޝަހީމް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދައިރާގެ ކުރީގެ މެމްބަރު ސަޢުދު ޕީޕީ

ޑިމޮކްރެޓުންގެ ވެށިފަހި މާލެ ސިޔާސަތުގައި ފާހަގަކުރާ މާލޭގެ އެންމެ ތޮއްޖެހިފައިވާ 10 ކޮށީގެ 18 އަހަރު ފުރިފައިވާ ކޮންމެ ރަށްވެއްސަކަށް ލީފްލެޓާއި ޕޯސްޓަރާއެކު, ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބިބް ސޮއިކުރައްވާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭ އެންމެ ތޮއްޖެހިފައިވާ 10 ކޮށިން ތަނަވަސް ބޯހިޔާވަހިކަމަކަށް ބަދަލުވާން އެދޭ ޢާއިލާތަކަށް އަލަށް 5 ކޮއްޓެއްގައި ޢިމާރާތްކުރާ ކޮންޑޮމީނިއަމް ޔުނިޓުތަކަށް ބަދަލުވުމުގެ ފުރުސަތު ހުވޭނެއެވެ. މިއީ މި ސިޔާސަތުގެ ފުރަތަމަ ފިޔަވައްސެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގައި ފާހަގަކުރާ އެންމެ ކޮއްލަވާނިވެފައިވާ މި 10 ބްލޮކްގެ 4187 ރަށްވެހިންނަށް ސީދާ އެޑްރެސްކޮށް 30 އޮގަސްޓްވީ ބުދަ ދުވަހުގެ ނިޔަލަށް ސިޓީ ފޮނުވާ ނިމިފައިވާކަމަށް ޑިމޮކްރެޓުން މަޢުލޫމާތު ދެއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގައިވާ ގޮތުން 10 ކޮށިން އަލަށް ތަރައްޤީކުރާ 5 ކޮއްޓަށް މީހުން ބަދަލުކުރުމުން, އެ 10 ކޮށީގައިވެސް ކޮންޑޮމީނިއަމް ކޮންޕްލެކްސް ބިނާކުރާނެއެވެ. އަދި ދެން އެންމެ ތޮއްޖެހިފައިވާ 20 ބްލޮކްގެ މީހުން އެ 10 ކޮއްޓަށް ބަދަލުކުރުމެވެ.
މިމަގުންގޮސް މާލޭގެ 160 ބްލޮކް ހުސްކޮށް, ސިންގަޕޫރާއި މެލޭޝިޔާފަދަ ޤައުމުތަކުގެ އާރބަން ސެންޓަރުތަކުން ތަޖުރިބާކޮށް, ކާމިޔާބުކޮށްފައިވާ މޮޑެލްއެއް ތަންފީޒުކޮށްގެން މާލެ ހިތްފަސޭހަ އަރާމު ތަނަކަށް ބަދަލުކުރުމަށް ޑިމޮކްރެޓުން ވަޢުދުވެއެވެ.
ޑިމޮކްރެޓުންގެ ވެށިފަހި މާލެ ސިޔާސަތުގައިވާގޮތުން މި ކޮންޑޮމީނިއަމްތައް ބިނާކުރާއިރު ވަށައިގެން ހުރި މަގުތައް ފުޅާކޮށް ފެހި ކުރެވޭނެއެވެ. މުނިފޫހިފިލުވުމާއި, ކަސްރަތާއި, ވިޔަފާރިއާއި, އިޖުތިމާޢީ ޙަރަކާތްތަކަށް ޖާގަ އެކަށައަޅާފައި ހުންނާނެއެވެ. އަދި ޑޭ ކެޔާރއާއި އެލްޑަރލީ ކެޔާރ ސެންޓަރުތައްވެސް އަލަށް ތަރައްޤީކުރާ ކޮށިތަކުގެ ބިނާކުރެވޭނެއެވެ.
ޑިމޮކްރެޓުންގެ ވަޢުދަކީ އިލްޔާސް ލަބީބްގެ ވެރިކަމުގެ 5 އަހަރު ދުވަހުގެ މުއްދަތު ނިމޭއިރު, 25,000 ހައުސިންގް ޔުނިޓު މާލޭގައި ބިނާކުރުމެވެ.
މި ސިޔާސަތު އޮޅުންފިލުވައި ދިނުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މާލޭގެ އެކި ހިސާބުތަކުގައި ކަންމަތީ ޕިކަޕް ބައްދަލުވުންތަކެއް ޑިމޮކްރެޓުން ބާއްވަމުން ގެންދެއެެވެ. 31 އޮގަސްޓްވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ހެންވޭރު މަގުކޮޅު ހޮޓާ ދޮށުގައި, 10:45 ގައި ޖަނަވަރީ މަގު ޓެޕްކޯން ހާޑްވެޔަރ ދޮށުގައި, ހަވީރު 4:00 ގައި ޝަހީދު ޢަލީ ހިނގުމުން ބީހައިވް ހޮޓެލް ދޮށުގައި އަދި 4:45 ގައި ކޯރުކެނޑިމަގާއި, ބުރުޒުމަގު ކަންމަތީގައި މި ޙަރަކާތް ކުރިއަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ