ޝާޒް ހުވާކުރައްވައިފި، އެމްޑީޕީއަށް މަޖިލީހުގައި އިތުރު ދެ ގޮނޑި

މީގެ ކުރިން ޕީޕީއެމްގެ ބާރު ގަދަ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަ ވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި، އިބްރާހީމް ޝާޒް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އޭނާއަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން އެވެ. އޭނާ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.ޝާޒްއާއެކު، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުވެސް މިއަދު ވަނީ ރަސްމީކޮށް އެމްޑީޕގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ފައްޓަވާފަ އެވެ. އެއާއެކު، މިހާރު މަޖިލީހުގެ ގޮނޑިތައް ޕާޓީތަކަށް ބެހިފައިވާ ގޮތަކީ:
މީގެ ކުރިން ޕީޕީއެމްގެ ބާރު ގަދަ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަ ވުމުންނެވެ. މި މަހު އޮތް އެ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރީ 1346 ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވި، ޕީޕީއެމްގެ ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. ދެން އެ އިންތިހާބުގައި ވާދަ ކުރެއްވީ އެމްއެންޕީގެ ފަރާތުން ވާދަ ކުރެއްވި އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ