ފަލަ، ބަނޑުލާފަތިބޭ މީހުންނަށް ކަސްރަތުތައް ކުރަން އެންމެ ރަނގަޅުވަޤުތަކީ ރޭގަނޑުގެ ވަޤުތުތައް ކަމަށް ދިރާސާއަކުން ދައްކައިފި-

ފަލަ، ބަނޑުލާފަތިބޭ މީހުންނަށް ކަސްރަތުތައް ކުރަން އެންމެ ރަނގަޅުވަޤުތަކީ ރޭގަނޑުގެ ވަޤުތުތައް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 
އޮސްޓްރޭލިއާގެ ސިދްނީ ޔުނިވާސިޓީން ހާމަކުރި ދިރާސާއެއްގައި ބުނެފައިވަނީ އިރުއޮއްސި 6 ޖެހުމުގެ ފަހުން ކަސްރަތުކުރުމުން އެމީހުންނަށް ކުރާ ފައިދާ ބޮޑުކަމަށް ބެލެވޭކަމަށެވެ. ޚާއްޞަކޮށް ހަކުރުބަލި ކެންސަރު ހުންނަ މީހުންނަށް ބޮޑަށް ފައިދާކުރަނީ ހަވީރު 6 ގެފަހުން ކަސްރަތުމުން ކަމަށާއި އެއިރުން ރިސްކް ކުޑަވާ ކަމަށް ބެލެވޭ ކަމަށެވެ. 
ދިރާސާތަކުން އެނގުނު ގޮތުގައި އެއިރުން ހަށިގަނޑުން ހަކުރުގެ ލެވެލް މަދުވާ މިންވަރު ކޮންޓްރޯލްވުމަށް އެހީތެރިވެދެއެވެ. ވީމާ ހަކުރު ދަށްވެގެން ކުރިމަތިވާ ރިސްކްތައް ކުޑަވެގެންދެއެވެ. 
މިބާވަތުގެ ކަންކަމުގައި އެންމެ ރަނގަޅުގޮތަކީ ފަރުވާދޭ ޑޮކްޓަރުންނާއި މަޝްވަރާކޮށް ޑޮކްޓަރުންގެ ލަފާގެމަތިން ކަންކަން ކުރުމެވެ. ކޮންމެ ދިރާސާއަކީ ކޮންމެ މީހަކަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެކަމަށްޓަކައެވެ. 
ކަސްރަތުކުރިނަމަވެސް އެހެން ކަމެއް ކުރިނަމަވެސް މުސްލިމުން ކޮންމެ ކަމެއްވެސް ކުރަންވާނީ ނަމާދުތަކަށް ރައްކާތެރިވެވޭ ގޮތަށެވެ. ވީމާ އިރުއޮއްސޭއިރު ނުވަތަ އިރުއޮއްސޭފަހުން ކަސްރަތުކުރާނަމަވެސް މަޣްރިބްނަމާދާއި ޢިޝާނަމާދުގެ ޖަމާއަތް ނުގެއްލޭނެ ގޮތަށް ކަންކަން ކުރަން އިސްކަންދޭންވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ