ކުޅުދުއްފުށިން ކަރަންޓް ކެނޑޭތީ މި މަހު ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް

ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން އޭޕްރީލް މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ފެނަކައިން ވަނީ ނިންމާފައެވެ.
އުތުރުގެ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓްގެ ހިދުމަތް ދިނުމަށް ދިމާވި މައްސަލަތަކާއި ގުޅިގެން މި މަހުގެ ކަރަންޓު ބިލުން ދެބައިކުޅަ އެއްބައި ޑިސްކައުންޓެއް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
ފެނަކަ އިން މިރޭ ބުނީ ކުޅުދުއްފުށި ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓްގެ ހިދުމަތް ލިބުމުގައި މި ރޯދަ މަހު ގިނަގުނަ ގޮންޖެހުންތަކެއް ދިމާވި ކަމަށާ އެކަމަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރުވެސް އާ ޖެންސެޓެއް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާ މަސައްކަތް ނިމުމުން ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށެވެ.ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން އެ ސިޓީގެ ރައްޔިތުންނަށް މިހިނގާ އޭޕްރީލް މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.އަދި ބުނީ ފާއިތުވެދިޔަ ފަސް އަހަރު ބޮޑެތި އިހްމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.،
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ