އެމްޑީޕީއަށް ކާމިޔާބު ހޯދަން މަދުވަނީ ނަޝީދު އިފެކްޓް: ފައްޔާޒު
އެމްޑީޕީއަށް ކާމިޔާބު ހޯދަން މަދުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "އިފެކްޓް" ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.ކުޅުދުުއްފުށި ސިޓީގައި މިރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަން ކެމްޕޭން ޖަލްސާގައި ފައްޔާޒު ރޭ ވިދާޅުވީ ނަޝީދުގެ އަރިހުގައި މިވަގުތު ކުރަމުންދާ ބަދަލުގެ ދަތުރު ފެށުނީ މީގެ ދެއަަހަރު ކުރިން ކަމަށެވެ."ނަމަވެސް މަދުވާ ތަންކޮޅަކީ، އެބުނާ ރައީސް ނަޝީދު އިފެކްޓު. އެ ރޫހެއް ނެތް. އަޅުގަނޑުމެން މިހާރު މިދާން އުޅޭތަނަށް ދެވޭނީ އެމްޑީޕީގެ އެ ރޫހު އަލުން ގެނެސްގެން. ސިޔާސީ ބުރަދަން ހުރި މީހަކު މިކަމާ ހަވާލުވެގެން. މި ގައުމު ބަދަލުކުރަން މިއަދު މިކުރާ މަސައްކަތުގައި އެ ސިޔާސީ ބުރަދަން ހުރި ބޭފުޅަކަށް ހުރީ ހަމަ ނަޝީދު،" ފައްޔާޒު ވިދާޅުވި އެވެ.ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބޮޑު ބަދަލެއްގެ ވާހަކަ ހިފައިގެން އެ މަސައްކަތްކުރަން ނިކުމެތިބިއިރު، އެކަމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް އޮތުން ކޮންމެހެން ބޭނުންވާ ކަމަށެވެ. ނޫންނަމަ މިއަދުގެ ވެރިކަން ބަދަލު ނުކުރެވޭނެ ކަމަށާއި 2028ގައި އެމްޑީޕީން ކޮންމެ މީހަކު ނެރުނަސް ކާމިޔާބުވާނެ ކަމަށް ދެކޭ ދެކުމަކީ ވެސް ކުށްހީއެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށާއި އެއީ އަޅުވެތިކަމުގެ ފިކުރާއި މިނިވަން ކަމުގެ ފިކުރު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަޅުވެތިކަމުގެ ފިކުރުގައި ތިބި މީހުން، އެ ފިކުރު ނައްތާލައި އެމީހުން ބަލިކުރެވޭނީ މުޅި އެމްޑީޕީ ގުޅި، ވަރުގަދަ ދިރުމަކާއެކު ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ