މަޖިލީހުގެ ރައީސް ކަމަށް އަންނަން ގާސިމް ޝައުގުވެރިވެއްޖެ

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ، ގާސިމް އިބްރާހިމް އައުމުގެ ޝައުގުވެރިކަން ގެންގުޅޭކަން އެ ޕާޓީއިން މިއަދު ހާމަކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ އިދާރާގެެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ގެނައުމަކީ އެ ޕާޓީއިން އުންމީދު ކުރާ ކަމެއް ކަމަށެވެ. އަދި އެ ޝައުގުވެރިކަން ގާސިމްގައި ހުންނާނެކަން އުންމީދު ކުރައްވާ ކަމަށް ވެސް އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ