120 ހައުސިންގ ޔުނިޓް އިމާރާތްކުރަން ބިންގާ އަޅައިފި

120 ހައުސިންގ ޔުނިޓް އިމާރާތްކުރަން ބިންގާ އަޅައިފިއެވެ.
މި މަޝްރޫޢަކީ އާރުސީއެންސީ ކޮންޓްރެކްޓަރެއްގެ ގޮތުގަ މަސައްކަތް ކުރަމުންގެންދާ ސެންޑަލް މޮރިޝަސް އިން ސަރުކާރާ އެކީގަ ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓްތަކެކެވެ.
ބިންގާ އެޅުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މިމަޝްރޫޢު އާއިއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ކުޑަނަމަވެސް ހައްލެއް ލިބިގެންދާނެ ކަމަށާއި މިއަދު މިފަށަނީ މާދަމާ ވާންހުރި ކަންކަން ކަމަށާއި މިއަދު މިފެށީ ބޯހިޔާވަހިކަން ބޭނުންވާ މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ފޯރާ މިންވަރުގެ ރަނގަޅު ސައިޒުގެ 120 ފްލެޓް އެޅުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ހައުސިން ޕްލޭނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ހައުސިންގ މަޝްރޫޢުތައް ހިންގުމުގަ ބައްލަވަނީ މިކްސްޑް ޑިވެލޮޕްމަންޓުގެ ގޮތުގަ ހައުސިން މަޝްރޫޢުތައް ހިންގުން ކަމަށާއި، ހަމައެކަނި އެއް ޒާތެއްގެ އެއް އަގަކަށް ހުންނަ ހައުސިންގ މަޝްރޫޢުތައް ނުހިންގުން ކަމަށެއެވެ.
މިއަދު ބިންގާ އެޅުނު މި މަޝްރޫޢަކީ ވަރަށް ދިގު ތާރީޚެއް އޮތް މަޝްރޫޢެއް ކަމަށާއި ބައެއް ކަންތައްތަކުގަ ހުއްޓުން އަރާފަ އެބަހުރި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ