ކުރީގެ ރައީސް މައުމޫން ޗައިނާގެ ރައީސާއި ބައްދަލު ކުރައްވައިފި
ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމް، ޗައިނާގެ ރައީސް ޝީ ޖިންޕިންގާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.މިބައްދަލުކުރެއްވުމުގައި ރައީސް މަޢުމޫން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއަކީ، ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށް ވިދާޅުވެ، ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީފުޅު ތަކަށް ޓަކައި ޗައިނާ ސަރުކާރަށާއި، ވަކިން ޙާއްސަކޮށް ރައީސް ޝީ ޖިންޕޮންގއަށް ޝުކުރު އަދާކުރެއްވިއެވެ.ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ވާހަކަފުޅުގައި، ރައީސް މަޢުމޫންގެ ޒަޢާމަތުގައި ދިވެހިރެއްޖާއާއި ޗައިނާއާ ދެމެދު ބޭއްވެވި ގާތް ގުޅުމަށްޓަކާއި ޝުކުރު އަދާކުރެއްވިއެވެ.ރައީސް މައުމޫނާއި ޗައިނާގެ ރައީސް ބައްދަލު ކުރައްވާފައި ވަނީ ޗައިނާގެ ރައީސްގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނުގެ ވެރިކަމުގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި ގުޅިގެން ކަމަށް ޗައިނާ އެމްބަސީން ވަނީ ބުނެފައެވެ.މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޤަފޫރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ޢަހުމަދު ފާރިސް މަޢުމޫނާއި، އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު ބައިވެރިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ