ހޮޅުދޫ ކޯޓަށް އިސް މެޖިސްޓްރޭޓަކު އައްޔަން ކޮށްފި

ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަނޑިޔާރުގެ ހުވާކުރައްވައިފިއެވެ. ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރައްވާފައިވަނީ ރ.ހުޅުދުއްފާރު ޝަކީލާހިޔާ، އަލްއުސްތާޛު އާދަމް ޝަރީފްއެވެ.މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވަނީ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އެވެ.ހޮޅުދޫ އިސް މެޖިސްޓްރޭޓް ކަމުގެ ފަތްކޮޅު އާދަމް ޝަރީފާ ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ